Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2019 | ބުދަ 12:40
ފުލުހުން
ފުލުހުން
ޝުއައިބް މުހައްމަދު އިގްބާލް
ފުލުހުން
9 ތަނެއް ފާސްކުރި، އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
އެއީ މާލެ ސިޓީއިން 8 ތަނަކާއި އައްޑޫ ސިޓީގެ 1 ތަން
އޮޕަރޭޝަނާ ގުޅިގެން މިވަގުތު ފުލުހުންގެ ބަންދުގައި އެއްވެސް މީހަކު ނެތް
އައްޑޫއިން ހައްޔަރުކުރި މީހާވެސް ފުލުހުން ވަނީ ފަހުން ދޫކޮށްލާފަ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މިޑީއާ އޮފިޝަލް ރާއްޖެއެމްވީ އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ އޮފަރޭޝަންގައި ބަލާ ފާސްކުރެވިފައިވަނީ ޖުމްލަ 9 ތަނެއް ކަމަށެވެ. އެއީ މާލެ ސިޓީއިން 8 ތަނަކާއި އައްޑޫ ސިޓީގެ 1 ތަނެވެ.

Advertisement

މި އޮޕަރޭޝަނަކީ ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި މީހުން ބާލާފާސްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވާއިރު މި ތަންތަނާއި މީހުން ބަލާފާސްކުރަނީ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝާން ކޮމާންޑާއި، ފޮރެނސިކް ސަރވިސް ޑިޕާރޓްމެންޓާއި ޑިވިޒަނަލް ޕޮލިސިންގ ކޮމާންޑުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް