Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 17:44
ސައުދީ އަރަބިއްޔާގެ "ބޮރައިދާ" މަނަވަރު މާލެ ކައިރީ
ސައުދީ އަރަބިއްޔާގެ "ބޮރައިދާ" މަނަވަރު މާލެ ކައިރީ
އަޒުމޫން އަހުމަދު
ސައުދީ ރަސްގެފާނުގެ ދަތުރު
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!
އެމްއެންޑީއެފް އިން ދަނީ މަނަވަރުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން
މަނަވަރުގައި ހެލިކަޕްޓަރެއް އެބަ އޮތް
ސައުދީ ރަސްގެފާނުގެ ދަތުރުފުޅުގެ ތައްޔާރީތައް

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް ރާއްޖެ އައިސްފި އެވެ.

 

ސައުދީގެ މަނަވަރު އަޅާފައި އޮތީ، މާލެ އާއި ދޫނިދޫއާ ދެމެދު އެވެ. "ބޮރައިދާ902 " ނަމަކަށް ކިޔާ އެ މަނަވަރުގައި ހެލިކަޕްޓަރެއް އޮވެ އެވެ.

 

މަނަވަރާއެކު ރާއްޖެ ގެނެސްފައިވަނީ، ރޯޔަލް ސައުދީ ނޭވަލް ފޯސް(އާރްއެސްއެންއެފް) ގެ 6191 ހެލިކަޕްޓަރެވެ. ގާތްގަނޑަކަށް 135 މީޓަރުގެ އެ މަނަވަރުގައި ދެ ހެލިކަޕްޓަރު ހޭންގަރު ހުރެ އެވެ.

މަނަވަރާއެކު ގެނެސްފައިވާ ހެލިކަޕްޓަރު

އެ މަނަވަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑްގެ އުޅަނދުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

 

ސައުދީ މަނަވަރެއް ރާއްޖެ އަށް އައިސްފައިވާއިރު، މިމަހުގެ ތެރޭގައި އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.  

 

އޭޝިއާގެ ބައެއް ގައުމުތަކަށް 1500 އެއްހާ އޮފިޝަލުންނާއި އެތައް ސަތޭކަ ޓަނެއްގެ މުދަލާއެކު ސަލްމާން ރަސްގެފާނު ކުރައްވާ ދަތުރުފުޅުގައި މިހާތަނަށް މެލޭޝިއާ އާއި އިންޑޮނޭޝިއާ އަށް ވަޑައިގެންފައިވާއިރު، ދެ ގައުމުގައި ވެސް ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރި އެވެ.

 

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާއިރު، އެގައުމަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ، ސައުދީން ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބިޔަ ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.

 

ސައުދީން ފ. އަތޮޅު ގަންނަން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެ، އެގައުމަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު، މާލޭގައި ހުންނަ އެގައުމުގެ އެމްބަސީން ވަނީ ފ. އަތޮޅު ގަންނަން އުޅޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އެގައުމުން ބުނީ އަތޮޅެއް ނުވަތަ ރަށެއް ގަންނަން އުޅޭ ކަމަށާއި އަދި ބޮޑު މަޝްރޫއެއް ހިންގުމަށް އެގައުމުން އުޅޭ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 މާރޗް 2017 | އާދީއްތަ 08:25
ކޮސް
އެމް އެން ޑީ އެފުން ރައްކާތެރިކަން ދޭން ޖެހޭ ވަރަށް ވުރެ ތި މަނަވަރު މާ ފުރިހަމަވާނެ.