Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 17:09
ނޫސްވެރިންގެ ބައްދަލުވުމެއްގައި މާޒިޔާގެ ކޯޗު މައުލޫމާތު ހިއްސާ ކުރަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި މާޒިޔާގެ ކޯޗު މައުލޫމާތު ހިއްސާ ކުރަނީ
މުހައްމަދު ޝަރުހާން
މާޒިޔާއަށް ފުރިހަމަ މޮޅެއް
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
ހުރިހާ ކުޅުންތެރިން ނަތީޖާ ނެރެދިން
މާޒިޔާ އަށް ދެން އޮތީ އޭއެފްސީ ކަޕް

އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓް އަތުން މާޒިޔާއަށް ލިބުނީ ފުރިހަމަ މޮޅެއް ކަމަށާއި އެކަމުގެ ސަބަބުން ކުރިއަށް ހުރި މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ ކަމަށް އެޓީމުގެ ކޯޗު ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފިއެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ ގްރީންސް ޓްރީޓާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ސެކުލޮސްކީ ބުނީ ފުރަތަމަ ހާފްގައި އެޓީމުގެ ކުޅުން ދަށްކޮށް ދިޔަކަމަށެވެ. ނަމަވެސް ދެ ވަނަ ހާފްގައި އެކަން ރަނގަޅުކޮށް ހުރިހާ ކުޅުންތެރިން ނަތީޖާ ނެރެދިން ކަމަށެވެ.

 

ސެކުލޮސްކީ ބުނީ ރޭގެ މެޗަކީ އެޓީމަށް ލިބުނު ފުރިހަމަ މޮޅެއް ކަމަށާއި އަދި އެއީ ކުރިއަށްދާން ބަލާއިރު އެޓީމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

 

ތިން މެޗު ކުޅުނުއިރު ކޮޅަށް ލަނޑެއް ނުވަދެ އޮތުމަކީ ދެން އޮތް މެޗުތަކަށްދާއިރު ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ ކަމަށް ސެކުލޮސްކީ ބުންޏެވެ.

 

ސެކުލޮސްކީ ބުނީ މި މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި 90 މިނިޓާ ހަމައަށް ވެސް ގްރީން ސްޓްރީޓް ކުޅުންތެރީން މަސައްކަތް ކުރި ކަމަށެވެ.

 

މާޒިޔާ އަށް ދެން އޮތީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އަންނަ ހަފުތާގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް