Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 22:21
ހަސަން ލަތީފް އާއި ރައީސް ނަޝީދު
ހަސަން ލަތީފް އާއި ރައީސް ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
ރައީސް ނަޝީދަކީ ހަދަހަދައިގެން ވާހަކަ ދައްކަވާ ބޭފުޅެއް ނޫން: ހަސަން ލަތީފް
މައުލޫމާތު ދެއްވީމަ ނޫނީ ރައީސް ނަޝީދު އެހެން ވާހަކަފުޅު ނުދައްކަވާނެ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް އިރެއްގައި އޮޅުވާލައްވައިގެން ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Advertisement

އެކަމާއި ގުޅިގެން ހަސަން ލަތީފް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވީ، ރަސްމީކޮށް އަންގާފައި ނެތަސް، ސިފައިންގެ ތެރެއިން ބަޔަކު ރައީސް ނަޝީދަށް މައުލޫމާތު ދެއްވީމަ ނޫނީ އެފަދަ ވާހަކައެއް އެމަނިކުފާނު ވިދާޅުވާނެ ކަމަށް ކުޑަކޮށް ވެސް ގަބޫލް ނުކުރައްވާ ކަމަށެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލާކަމުގެ މައުލޫމާތު އެމްއެންޑީއެފުން ބުނެފައިވާ ކަމަށް އާދިއްތަ ދުވަހުގެރޭ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެކަމަކު އެމްއެންޑީއެފްގެ އިތުރުން ފުލުހުން ވެސް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.

ރައީސް ނަޝީދު ވަނީ ނުކިޔަމަންތެރިކަން ދެއްކުމުގައި ފުލުހުންނާއި ސިފައިން ހައްދު ފަހަނައަޅާ ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމަށް އެމްޑީޕީން ފުރުސަތުދީގެން ނުވާނެ ކަމަށް ވިދާޅުވެ އެފަދަ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، އެކަމާއި ގުޅިގެން ދައްކަން ހުރި ވާހަކައެއް ދައްކާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
10 ސެޕްޓެންބަރ 2019 | އަންގާރަ 06:07
ޙޮން
ދެން ތިބުނީ އިބްރާހިމް މުހައްމަދު ސޯލިހު ދޮގު ހަދަނީއޭތަ؟ ޥެރިކަމާހެދި ނަޝީދާ އޭނަގެ އައުވާނުންތައް ކޮސް ގޮވަނީ.