Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 17:40
ރަސްމިއްޔާތުގެ ތެރެއިން
ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހޮސްޕިޓަލް
އިމާރާތުންދުރަށް، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންކަމަށް ސަމާލުކަން އަންނަން ޖެހޭ: މިނިސްޓަރ އަމީން
ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންގް އެޅުމުގެ މަސައްކަތް ވަނީ ހަވާލު ކުރެވިފަ
ހއ. ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިއުގެ މަސައްކަތް ވަނީ ހަވާލުކުރެވިފަ
އެންމެ ބޮޑު ބޭނުމަކީ ވަށާ ޖެހޭ ޚިދުމަތެއް އެތަންތަނުން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވި

އިމާރާތުން ދުރަށް، ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންކަމަށް ސަމާލުކަން އަންނަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންގް އެޅުމުގެ މަސައްކަތާއި ހއ. ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިއު ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތަކުގެ އިންފްރާސްޓްރަކްޗަރ އަށް ބޮޑު ހޭދައެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވަށާ ޖެހޭ ޚިދުމަތެއް އެތަންތަނުން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ޕަބްލިކް ހެލްތާއި މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ވަސީލަތްތަކާއި ޓްރެއިނިންގ އާއި ކިޔަވާދިނުމުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ މިހާރުގެ ސިއްހީ ނިޒާމު އޮތް ހާލަތަށް އަލިއަޅުވާލަމުން މިނިސްޓަރ ވިދާޅުވީ، ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުންދާ ތަންތަނަކީ ވަސީލަތްތަކުގެ ގޮތުންނާއި އިމާރާތުގެ ގޮތުން ވެސް ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ތަންތަން ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ސިއްހީ ނިޒާމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ބޮޑެތި ހަރަދުތަކެއް ކުރެވޭ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

Advertisement

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމުން ފައިދާވެގެންދާނީ ހަމައެކަނި ހޯރަފުށީގެ ރައްޔިތުންނަށް ނޫން ކަމަށާއި އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވެގެންދާނެ ކަމަށެވެ. އަދި އެސަރަހައްދަކީ ދަތުރު ފަތުރު ކުރުމުގައި ދަތި ސަރަހައްދެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ އިންތިޒާމް މިހާރު އޮތް ވަރަށް ވުރެ ބޮޑަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ހޯމަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ވަނީ ހއ. ހޯރަފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް، ކުރެހުން ތަކާއި ބީއޯކިއު ހެދުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކުރެވިފައެވެ. އަދި ހދ. ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންގް އެޅުމުގެ މަސައްކަތް ވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފައެވެ.

ނޮޅިވަރަންފަރުގެ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ބިލްޑިންގް އެޅުމުގެ މަޝްރޫއަކީ 1،868،254.73 ރ ( އެއް މިލިއަން އައްސަތޭކަ ފަސްދޮޅަސް އައްހާސް ދުއިސައްތަ ފަންސާސް ހަތަރު ރުފިޔާ، ހަތްދިހަ ތިން ލާރީ)ގެ މަޝްރޫއެކެެވެ. މި އިމާރާތުގައި ޖެނެރަލް އޮފީސް، މީޓިންގް ރޫމް، ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ކައުންސިލިންގް ރޫމެއްވެސް ހިމެނޭނެއެވެ. އަދި މެޑިކަލް ސްޓޯރ، ޖެނެރަލް ސްޓޯރ، ލޯންޑްރީ ގެ އިތުރުން ގަރާޖެއްވެސް އެ އިމާރާތުގައި ހިމެނޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް