Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 17:29
މުހައްމަދު ނިމާލް މަގާމަށް އައްޔަން ކުރެއްވުމުގެ ތެރެއިން
މުހައްމަދު ނިމާލް މަގާމަށް އައްޔަން ކުރެއްވުމުގެ ތެރެއިން
ކޮންގްރެސް ޕާޓީ
ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ކަމަށް މުހައްމަދު ނިމާލް އިންތިހާބު ކޮށްފި
މުހައްމަދު ނިމާލް މި މަގާމަށް ހޮވިވަޑައިގަތީ އެޕާޓީގެ ކައުންސިލްމެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގެ އަގުލަބިއްޔަތުން
މުހައްމަދު ނިހާލްއަކީ ކުރިން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް
ނިހާން ވަނީ ފަހުގެ ތާރީހެއްގައި އެޕާޓީން ވަކިވެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފަ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ ( ކޮންގްރެސް ޕާޓީ) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ނިހާން އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ މަގާމަށް މުހައްމަދު ނިމާލް އިންތިހާބު ކޮށްފިއެވެ.

Advertisement

އެ ޕާޓީގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި މުހައްމަދު ނިމާލް މި މަގާމަށް ހޮވިވަޑައިގަތީ އެޕާޓީގެ ކައުންސިލްމެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯތުގެ އަގުލަބިއްޔަތުން ކަމަށެވެ. އަދި ނިމާލްއަށް މަރުހަބާ ދަންނަވާފައިވެއެވެ.

މުހައްމަދު ނިމާލްއަކީ ކުރިން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ކޮންގްރެސް ޕާޓީގެ ކުރީގެ ނައިބު ރައީސް ނިހާން ވަނީ ފަހުގެ ތާރީހެއްގައި އެޕާޓީން ވަކިވެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް