Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 13:16
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މަޖިލިސް
ރައީސް ނަޝީދު
ރައީސް ނަޝީދަށް ނުރައްކަލެއް ނެތް، ފުލުހުން ފާރަލާކަމަކަށް ނުބުނަން: އެމްއެންޑީއެފް
އެމްއެންޑީއެފްގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވާ ކަމަށް

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިފަނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ދާކަމަށެވެ. އެގޮތުން މަސައްކަތްކުރަމުންދާނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެންކަމަށް ވެސް ބަޔާނުގައިވެއެވެ.

Advertisement

ބަޔާނުގައި ބުނެފައިވަނީ މިވަގުތު ރައްޔިތުންގެ މަޖިލީހުންވެސް އަދި އެނޫން ފަރާތަކުންވެސް އަދި އެމްއެންޑީއެފްގެ އެސެސްމެންޓުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފަނުވާ ކަމަށެވެ. އެމްއެންޑީއެފް އިން ވަނީ ރައީސް ނަޝީދު ފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

ފުލުހުން، ރައީސް ނަޝީދަށް ފާރަލަމުންދާކަމަށް ބުނެފައި ނުވާނެކަމަށް އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނުގައިވާއިރު އާދީއްތަ ދުވަހުގެރޭ ބޭއްވުނު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ތިން ދުވަސް ކުރިން ފުލުހުން އެމަނިކުފާނަށް ފާރަލާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް