.
ބޮލީވުޑްގެ އެކްޓްރެސް އައިޝްވަރިއާ ރާއީ ބައްޗަންގެ ބައްޕަ ކްރިޝްނަރާޖް ރާއީގެ ބަލި ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އޭނާގެ ހާލު ސީރިއަސްވެގެން މުމްބާއީގެ ލަލަވަތީ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ދޭން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން އައިޝްވާރިއާގެ ބައްޕަގެ ހާލު ވަރަށް ސީރިއަސް އެވެ.
ބުދަ ދުވަހުގެ ރޭ އަމީތާބު ބައްޗަންވެސް ވަނީ ކްރިޝްނަރާޖް އަށް ޒިޔާރަތްކޮށްފައި އެވެ.
މީގެ ކުރިން މިދިޔަ ޖެނުއަރީ މަހުވެސް ކްރިޝްނަރާޖް ބަލިވެގެން އެ ހޮސްޕިޓަލްގައި ވަނީ އެޑްމިޓް ކޮށްފައި އެވެ.
އެފަހަރު އެޑްމިޓް ކުރުމުން ދުބާއީއަށް ޗުއްޓީއަށް ގޮސް ހުރި އައިޝްވާރިއާ ވަނީ ދަތުރު ކުރުކޮށްލުމަށް ފަހު އިންޑިއާއަށް އޭނާގެ ބައްޕަގެ ކައިރިއަށް ގޮސްފައެވެ.
Top of Form