ކ. މާލެ
|
10 މާރޗް 2017 | ހުކުރު 15:50
މާޒިޔާ އާ ގްރީން ސްޓްރީޓް ކުޅުނު ޕްރެކްޓިސް މެޗެއްގެ ތެރެއިން
މާޒިޔާ އާ ގްރީން ސްޓްރީޓް ކުޅުނު ޕްރެކްޓިސް މެޗެއްގެ ތެރެއިން
ރާއްޖެއެމްވީ
އެސްޓީއޯ މާލޭ ލީގް
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
ލީގްގެ އެއްވައިގައި ނިއު އޮތީ އެއް ލަނޑުގެ ތަފާތަކުން

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީމު ހަމައަކަށް އަޅުވާލުމަށް މުހިންމު ދަނޑިވަޅެއްގައި މާޒިއާ ސްޕޯޓްސް ކްލަބަށް އެސްޓީއޯ މާލޭ ލީގުގައި މޮޅެއް ލިބިއްޖެއެވެ.

 

އަންނަ ހަފްތާގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުގެ ކުރިން، ބުރާސްފަތި ދުވަހުގެ ރޭ އެސްޓީއޯ މާލޭ ލީގުގައި މާޒިއާ އިން ވަނީ ގްރީންސް ޓްރީޓާ ކުރިމަތިލާފައެވެ.

 

ދެޓީމުގެ ކުރިމަތިލުން މާޒިއާއިން ކާމިޔާބުކޮށްފައިވަނީ 0-3 އިންނެވެ. މި މޮޅާއެކު މާޒިއާ އިން ވަނީ ލީގުގެ ދެވަނަ އަށް އަރާފައެވެ. ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ މާޒިޔާއާ އެއްވަރަކަށް ޕޮއިންޓް ހޯދައިގެން ނިއުރޭޑިއަންޓްއެވެ. ނަމަވެސް ނިއުއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

 

ވަރުގަދަ ސްކޮޑަކާއިއެކު ސީޒަނަށް ނުކުތް މާޒިއާއަށް ފުރަތަމަ ހާފްގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކޮށްލެވިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމިގެންވެސް ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

 

މިފަހަރުގެ ލީގުގައި ސަޕްރައިޒިން ޓީމަކަށްވާނެ ކަމަށް ބެލެވިފައިވާ ގްރީން ސްޓްރީޓަށް ރޭގެ މެޗަށް ނުކުތް އިރުވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އެގޮތުން ސަސްޕެންޝަންގެ ސަބަބުން އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ސުބޮލް އިލިއާ ރޭގެ މެޗުގައި ނުހިމެނެއެވެ.

 

އިލިއާގެ އިތުރުން މިޑްފީލްޑަރު މުހައްމަދު ޝައްފާޒް (ސައްޕޭ) ވެސް ނުކުޅެ އެވެ. ސައްޕެއާ އިލިއާ ނެތްތަން ފޫބެއްދުމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާއަށް ބޭނުންކުރަން ޖެހުނީ އެކްސް ޕީރިއެންސް މަދު އާ ކުޅުންތެރިންނެވެ.

 

ފަހު ހާފް ފެށިގެން މާ ގިނައިރު ތަކެއްނުވެ، މާޒިއާއަށް ޕެނެލްޓީއެއް ލިބުނެވެ. ފަހުހާފުގެ 3 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އަސަދުﷲ ވަނީ މާޒިޔާއަށް ލީޑު ނަގައިދީފައެވެ.

 

މާޒިޔާގެ ދެވަނަ ލަނޑަކީ 68 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ރަކިޗް ކާމިޔާބުކުރި ލަނޑެކެވެ. ރަކިޗް ފޮނުވާލި ބާރު ހިލޭ ޖެހުން ގޯލަށްވަނީ ހުރަސް ދަނޑީގައި ޖެހިފައި ނުކުންނަށް އައިވަގުތު ގްރީން ސްޓްރީޓްގެ ގޯލް ކީޕަރުގެ ގައިގައި ޖެހިފައެވެ.

 

މާޒިޔާގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަސަދުﷲ އެވެ. އެ ލަނޑާ އެކު ސީޒަނުގެ މިހާތަނަށް އަސަދުﷲ ޖެހި ލަނޑުގެ އަދަދު ހަތަރަކަށް އެރީއެވެ.

- ކޮމެންޓް