ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 18:28
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ލިޔަންކިޔަން ދަސްވުމަކީ މަތިވެރި ނިއުމަތެއް: ރައީސް ސޯލިހު
ލިޔަން ކިޔަން ދަސްވުމުން ގިނަ ފުރުސަތުތަކަކަށް ލޯ ހުޅުވިގެންދާކަމަށް ރައީސް ވިދާޅުވި
ރާއްޖޭގެ 98.61 އިންސައްތަ މީހުންނަށް ލިޔަންކިޔަން އެނގޭ ކަމަށް ރައީސް ވިދާޅުވި

ލިޔަން ކިޔަން ދަސްވުމަކީ މަތިވެރި ނިއުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލިޔަން ކިޔަން ދަސްވުމުގެ ދުވަސް ނުވަތަ ލިޓްރަސީ ޑޭ އާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިޔަން ކިޔަން ދަސްވުމުން ގިނަ ފުރުސަތުތަކަކަށް ލޯ ހުޅުވިގެންދާކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ 98.61 އިންސައްތަ މީހުންނަށް ލިޔަންކިޔަން އެނގޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ފޮތް ކިޔުމަށް ހާއްސަ ޝައުގުވެރިކަމެއް ދޭ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހާއްސަ މުނާސަބާގައި ލިޔުންތެރިކަމާއިމެދު އޮތް ލޯބި ފާޅުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

- ކޮމެންޓް