Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 15:14
ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު މިއަދު ކޮމިޓީއަށް ހާޒިރުވަނީ
ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު މިއަދު ކޮމިޓީއަށް ހާޒިރުވަނީ
ރައްޔިތުންގެ މަޖިލިސް
ރިލްވާންގެ މައްސަލައިގެ ރިޕޯޓާ މެދު މަޝްވަރާ ކުރާ 241 ކޮމިޓީ ސިއްރު
ކޮމިޓީ ސިއްރު ކޮށްފައިވަނީ މަޖިލީހަށް މީޑިއާތައް ހާޒިރުވިފަހުން
ކޮމިޝަންގެ ފަރާތުން 241 ކޮމިޓީއަށް ހާޒިރުވެފައިވަނީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު އައްބާސް

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ (241 ކޮމިޓީ) އަށް ރިޔާސީ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރު ކޮށްފިއެވެ.

ރިޔާސީ ކޮމިޝަންގެ މެމްބަރުން 241 ކޮމިޓީއަށް ހާޒިރުކުރަން އެޖެންޑާ ކޮށްފައިވަނީ އާދީއްތަ ދުވަހުގެ 10:00 އަށެވެ. ނަމަވެސް ފަހުން އެގަޑި ވަނީ މެންދުރު 14:00 އަށް ވަނީ ބަދަލު ކޮށްފައެވެ.

ކޮމިޓީ ސިއްރު ކޮށްފައިވަނީ މަޖިލީހަށް މީޑިއާތައް ހާޒިރުވިފަހުންނެވެ. މަރު ކޮމިޝަންގެ ފަރާތުން 241 ކޮމިޓީއަށް ހާޒިރުވެފައިވަނީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު އައްބާސްއެވެ.

Advertisement

ރިލްވާން މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން 241 ކޮމިޓީއިން ވަނީ ފުލުހުންގެ އިސްވެރިންނާއި ވެސް ބައްދަލު ކޮށްފައެވެ. އަދި ރިޔާސީ ކޮމިޝަނުން ވަނީ އެ ރިޕޯޓާއި ގުޅިގެން ފުލުހުންނާއި ވެސް ބައްދަލު ކޮށްފައެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ހިމެނޭ އިންޓަލިޖެންސްގެ ދެ ފުލުހަކު ހައްޔަރުކޮށްފައި ނުވަނީ އެ ދެ ފުލުހުން ހައްޔަރު ކުރާނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ބުނެފައިވާތީ ކަމަށެެވެ. އެބަޔާނުގައި ފުލުހުން ބުނެފައިވަނީ މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ މައްސަލަޔާއި ގުޅޭ ހުރިހާ ޑޮކިއުމަންޓެއް ހިއްސާކުރަމުންދާ ކަމަށާއި ޑްރާފްޓް ރިޕޯޓު ލިބުމުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ފުލުހުންގެ އިދާރާއާއި ގުޅޭ ހުރިހާ ކަންކަމުގައި ފިޔަވަޅުއަޅާނެ ކަމަށެވެ.

ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. ސުއޫދު ވަނީ ރާއްޖެއަށް ހަރުކަށި ވިސްނުން ފެތުރުމަށް މަސަތްކަތްކުރާ ތަންތަނާއި އެފަދަ މީހުން އެކަންތައް ކުރާ ގޮތުގެ ތަފްސީލް ވެސް ހިއްސާ ކޮށްފައެވެ. އޭނާ ގެއްލުވާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް