Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 13:53
އައްޑޫ ގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސް
އައްޑޫ ގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސް
ޓްވިޓަރ
އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި އަޅާ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް ފަށައިފި
މި މަސައްކަތް ހަވާލު ކޮށްފައި ވަނީ އޭޕީސީ އާއި

އައްޑޫސިޓީގައި ހެދުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގައި އަޅާ ބެޑްމިންޓަން ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މި ކޮމްޕްލެކްސް ހެދުމަށްފަހު އެތާނގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭނެ ކަމަށެވެ.

ހަތަރު ބެޑްމިންޓަން ކޯޓު އެކުލެވޭ ގޮތަށް ބެޑްމިންޓަން ހޯލަކާއި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެވޭ ގޮތައް ހާދާ މި ކޮމްޕްލެކްސްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރާނެއެވެ.

Advertisement

މި ކޮމްޕްލެކްސްގެ މަސައްކަތް ކުރަނީ އައްޑޫ ޕީޕަލްސް ކޯޕަރޭޓް ސޮސައިޓީ (އޭޕީސީ) އިންނެވެ. އެޕީސީ އަކީ އައްޑޫ ކައުންސިލާއި އައްޑޫ ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ޔޫތް މިނިސްޓްރީ އިން އިސްނަގައިގެން އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ހިންގާ މި މަޝްރޫއު އޭޕީސީއާ ހަވާލު ކުރީ މެއި މަހުގައެވެ. އައްޑޫގައި ހަދާ މި ކޮމްޕްލެކްސް އަށް ސަރުކާރުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް