Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 13:08
ޔޫތް މިނިސްޓަރ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ޔޫތް މިނިސްޓަރ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ޓްވިޓަރ
ޔޫތް މިނިސްޓްރީ
ޔޫތް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅަށް ފުރާވަޑައިގަންނަވައިފި
މިނިސްޓަރ ގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރެއް

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ.

ޔޫތް މިނިސްޓްރީއން ބުނީ މިނިސްޓަރގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި މިނިސްޓަރ މ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އެމަނިކުފާނު މ. އަތޮޅުގެ ޒުވާނުންގެ އިތުރުން ކައުންސިލުތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި މ. އަތޮޅުގައި ހުރި ޒުވާނުންގެ މަރުކަޒުތަކަށާއި މ. އަތޮޅުގައި ހުރި ކުޅިވަރުގެ ފެސިލިޓީސް ބައްލަވާލައްވާނެއެވެ.

Advertisement

މިނިސްޓަރގެ މި ދަތުރުފުޅުގައި މިނިސްޓަރާއި އެކު ދިއްގަރު ދާއިރާގެ މަޖިލީސް މެމްބަރު އަދި މުލަކު ދާއިރާގެ މަޖިލީސް މެމްބަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅިވަރު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖޭގައި ހުރި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް ކުޅިވަރުގެ ރޮނގުން ޒުވާނުންނަށް ފުރުސަތު ހުޅުވާލުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް