Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2019 | ހޮނިހިރު 08:24
އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން
އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން
އެމްއެންޑީއެފް
ގދ. ތިނަދޫ
ތިނަދޫއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެއްޖެ
އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން

ގދ. ތިނަދޫއަށް ބޯކޮށް ވާރޭ ވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

Advertisement

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ ސަދާރން އޭރިއާގެ ތިނަދޫ ފަޔަރ ސްޓޭޝަން ގެ ސިފައިން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ގދ. ތިނަދޫ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާއިރު މެޓް އޮފީހުން ވަނީ ހުވަދޫ އަތޮޅަށް ރީނދޫ އެލާޓެއް ނެރެފައެވެ.

މެޓް އޮފީހުން ރީނދޫ އެލާރޓް ނެރެފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑު 22:30 އިން ދަންވަރު 01:00 އަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހަށްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ސެޕްޓެންބަރ 2019 | ހޮނިހިރު 10:37
ހަވަރު ތިނަދޫ ބިގަރު ކައުންސިލް
ހަވަރު ތިނަދޫގަ ފެންބޮޑުވުމާ ގުޅިގެން ހަވަރުތިނަދޫ ރަށުކައުންސިލް މެންބަރުން ވަރަށް ބުރަކޮށް (ރަޖާލައިގެން ނިދަން ތިބެ) ރަށުގެ ހާލަތާއި ރައްޔިތުންގެ ހާލު އަދި ފެނަހިއްކުމުގައި ހުވަފެނުން ބައިވެރި ވެފައިވާތީ ރަށުކައުންސިލްގެ ރައީސުންނަށާއި ރައީސާ އަށް ފަށްފަށުން ތިނަދޫގެ އެންމެހާ ރައްޔިތުންނާއި ހާއްސަކޮން އެމްޑީޕީ ތިނަދޫ އިސްސަފުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި ޝުކުރު އަދާކުރަމެވެ. ދެން އަންނަ ދައުރަކަށް ވެސް އުފަލާއެކު ހޮވާދޭނަމެވެ އަދި މިފުރުސަތުގައި ތިނަދޫއަށް އުދައަރާތީ ބޭތު ތޮށި ލާން ލިބުނު ބަޖެޓުން ތޮށިލުމަށްވުރެ ދާއިމީ ފައިދާއެއް އޭގެން ހޯދޭނީ ރަށަށް ބާވެފަ އޮތް ކެރޭނެއްގެނެސް ކުއްޔަށް ދީގެން އެދަބަރަށް (ބާ ދަގަނޑަށް) ހަދަން ބާއްވައިގެން ޑްރައިވަރަށް ބަރާބަރަށް މުސާރަ ދިނުން ކަމަށް ނިންމާފައިވާތީވެސް ޝުކުރު އަދާކުރަމެވެ. .