އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީއާ) ހަވާލު ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން މިމަޝްރޫއު 90 ދުވަސްތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ 79.9 މިލިއަން ރުފިޔާއަށެވެ.
މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގް. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހުއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މިމަޝްރޫއާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މިމަޝްރޫއުގެ ދަށުން މިރަށުގެ ހުޅަނގުފަރާތުން 200 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ ކަމަށެވެ.