Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 12:09
އައިޖީއެމްއެޗް
އައިޖީއެމްއެޗް
އަޒުމޫން އަހުމަދު
ވައިލް ހުން ފެތުރުން
ވައިރަލް ހުމާ އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި
ވައިލް ހުމަކީ ފަސޭހަ އިން ގައިން ގަޔަށް އަރާ ބައްޔެއް
އައިޖީއެމްއެޗް ވަނީ ބަލިމީހުނުން ތޮށްޖެހިފައި

މިދުވަސް ވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުގެ ސަމާލުކަމަށް މިކަން އަންގާ، ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، މިހާރު ފެތުރެމުންދާ އަރިދަފުސްރޯގާ އާއި ވައިރަލް ހުމަކީ ގައިން ގަޔަށް ފަސޭހައިން އަރާ ބަލިތަކަށް ވުމާ އެކު މި ބަލިތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވާންޖެހޭ ކަމަށެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ކެއްސާ ކިހިބިއަޅާއިރު އަނގަމައްޗާއި ނޭފަތް ފޮރުވޭ ގޮތަށް އެއްޗެއް ބޭނުން ކުރުމާއި އާއްމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ. އެގޮތުން ސައިބޯނި ލައިގެން އަތްދޮވުމާއި ރޯގާޖެހިއްޖެ ހާލަތެއްގައި ކުޑަކުދިންނާ ކައިރިނުވުމާއި އެކުދިން އުރާ ނުހެދުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. މީގެ އިތުރުން ހުން އައިސް ރޯގާ ޖެހިގެން ތިން ދުވަސް ވެއްޖެ ނަމަ ޑޮކްޓަރަކަށް ދެއްކުމަށާއި ގިނައިން ދިޔާ އެއްޗެހި ބުއިމާ، ހުންގަދަވެއްޖެ ނަމަ، ގައިގާ ފެން ހޭކުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެ އެވެ.

މިދުވަސް ވަރު ތަފާތު ރޯގާ ތަކާއި ވައިރަލް ހުން ގިނަ ވުމުގެ ސަބަބުން އައިޖީއެމްއެޗްގެ ކުޑަކުދިންނާއި ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓް ކުރާލެއްވެސް ވަނީ ގިނަވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް