Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 22:52
ރައީސް ސޯލިހު ނ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ސޯލިހު ނ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސް ސޯލިހު ނ. އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި
މަޝްރުއޫތަކާއި ބެހޭ މައުލޫމާތު ވަނީ ހިއްސާ ކޮށްފައި
ބޮޑެތި މަޝްރޫއުތަކުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ތަރައްގީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ނ. އަތޮޅު ކުޑަފަރީ ސްކޫލުގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި އެ ބައްދަލުވުމުގައި އަތޮޅު ކައުންސިލަރުން ވަނީ ނ. އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށްރަށުގެ ތަރައްގީ އަށް ހުރި ގޮންޖެހުންތަކާބެހޭ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފައެވެ.

Advertisement

އެގޮތުން އަތޮޅުގައި ހުރި ފަޅުރަށްތަކާއި އެކި މަސައްކަތްތަކަށް ދޫކޮށްފައި ހުރި ރަށްރަށް ހަވާލުކުރެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގައި ހުރި ދަތިތަކާއި އަތޮޅުގެ އެކި ރަށްރަށުގައި ހިނގާ ބޮޑެތި ބައެއް މަޝްރޫއުތަކާ ބެހޭ މައުލޫމަތު ރައީސް އަށް ހުށަހެޅުއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެ ބައްދަލުވުމުގައި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ވެސް ރައީސްއާ ހިއްސާކުރެއްވިއެވެ. އަދި އޭގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ޔަގީން ކަން ރައީސް ވަނީ ކައުންސިލަށް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް