ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ފުރި އެއާ އޭޝިއާގެ ފްލައިޓެއް މައްސަލައެއް ދިމާވެ އެމެޖެންސީގައި ޖައްސައިފިއެވެ.
އެމެޖެންސީ ފްލައިޓް ބުރާސްފަތި ދުވަހުގެ ރޭ ޖައްސާފައިވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ލިބޭ ގޮތުގައި ފްލައިޓްގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.
ނަމަވެސް މި މައްސަލައާގައި އަދި ރަސްމީ އެއްވެސް ފަރާތެއް ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެއާ އޭޝިއާގެ މި ފްލައިޓް އެމެޖެންސީގައި ޖެއްސިއިރު ފްލައިޓްއަކީ ބެންކޮކްއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ.