Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 19:36
އަހުމަދު ރިލްވާން އަބްދުﷲ
އަހުމަދު ރިލްވާން އަބްދުﷲ
ޓްވިޓަރ
އޭޖީ އޮފީސް
އިންޓެލް ދެ ފުލުހުން ހައްޔަރު ކުރަން އެޓަރނީ ޖެނަރަލް ފުލުހުންނަށް އަންގަވައިފި
އެގޮތަށް އެންގީ ފުލުހުންނަށް ފޮނުވި ސީޓީއެއްގައި

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލާގައި ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރި ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ) އިބްރާހިމް ރިއްފަތު ފުލުހުންނަށް އަންގައިފިއެވެ.

އޭޖީ އެގޮތަށް އަންގާފައި ވަނި ރިލްވާން މައްސަލާގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު އަވަސް ފިޔަވަޅު އެޅުމަށް އެދި ބަންޑާރަ ނައިބްގެ އޮފީހުން ފުލުހުންނަށް ބުރާސްފަތި ދުވަހު ފޮނުއްވެވި ސިޓީއެއްގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޭޖީ ރިފްއާތު ވިދާޅުވީ ތިން ކަމަކަށް އެ ސިޓީގައި އެދިފައިވާނެ ކަމަށެވެ. އެގޮތުން ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި އިންޓެލް ދެ ފުލުހުން ކަމަށްވާ، ކޯޕްރަލް މުޙައްމަދު ޖިނާޙާއި، ކޯޕްރަލް އިބްރާހީމް ރިފްޢަތު މުޖުތަމަޢުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަޙުޤީޤެއް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ، ހައްޔަރުކުރުމަށް އަމުރެއް ހޯދުމަށް ކުރިމިނަލް ކޯޓުގައި އެދުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

Advertisement

އޭނާ ވިދާޅުވީ ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެމީހަކު ކަނޑު ފައްތަން އުޅޭކަމުގެ މަޢުލޫމާތު 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް އޭ-ގްރޭޑް ސޯސްއަކުން މައުލޫމާތު ލިބިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި ނަމަވެސް، އެ މަޢުލޫމާތާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވަނީ ކީއްވެގެންކަން ބައްލަވައި ތަޙުޤީޤު ކުރެއްވުމަށް ފުލުހުންގެ އަރިހުން އެދިފައިވާނެ ކަމަށެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނުން އާންމު ކުރި ރިޕޯޓާއެކު ފެންމަތިވެފައިވާ ސީރިއަސް މައްސަލަތަކާ ގުޅިގެން، ފުލުހުންގެ އަރިހުން ފިޔަވަޅުތައް އެޅުމަށް އެޓާނީ ޖެނަރަލްގެ ހައިސިއްޔަތުން ފުލުހުންނަށް އެންގީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ކަމަށެވެ. އެ މައްދާގައި ބުނަނީ ގާނޫނުގެ ވެރިކަން ނަގަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރަންވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް