Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 07:50
ރައީސް ނަޝީދު ސެނެޓަރ ޖޯން މެކެއިން އާއެކު
ރައީސް ނަޝީދު ސެނެޓަރ ޖޯން މެކެއިން އާއެކު
ރާއްޖެއެމްވީ
ރައީސް ނަޝީދު އެމެރިކާގައި
ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި
ރައީސް ނަޝީދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި ދަނީ އެމެރިކާގެ އިސްވެރިންނާ ބައްދަލުކުރައްވަމުން
މި ދަތުރުފުޅުގައި ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލު ޖެރާޑް ޖެންސަރ ބައިވެރިވޭ

ރައީސް މުހައްމަދު ނަޝީދު  އެމަނިކުފާނު ގާނޫނީ ވަކީލު ޖެރާޑް ޖެންސަރ އާއި އެކު، އެމެރިކާގެ ސެނެޓަރ ޖޯން މެކެއިންނާ ބައްދަލުކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލް ޖެރާޑް ޖެންސަރ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ  ރައީސް ނަޝީދާއި އެމެރިކާގެ ސެނެޓަރ އަދި ސެނެޓް އާމްޑް ފޯސަސް ކޮމިޓީގެ މުގައްރިރު، ޖޯން މެކެއިން އާއިއެކު ވަރަށް ފުރިހަމަ ބައްދަލުވުމެއް ބާއްވަވާފައިވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އިންސާނީ ހައްގުތަކާ ގުޅޭ ކޮމިޝަންގެ ކޯ ޗެއަރމަން ޖިމް މެކްގަވާން އާއި ޖެރާޑް ޖެންސަރ އާއި އެކުވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކުގެ ދައިރާއިން ރާއްޖެއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޖެރާޑް ކުރި ޓްވީޓްގައި ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މި ބައްދަލުވުންތަކުގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

 

ރައީސް ނަޝީދު ވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފަ އެވެ.

މި ޕެނަލް ޑިސްކަޝަންގައި ރައީސް ނަޝީދު ތަގުރީރު ކުރައްވާފައިވާ އިރު އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި އަނިޔާތަކާއި ސިޔާސީ ހަޔާތް ބައްޓައް ކުރައްވަމުން ގެންދެވި ގޮތުގެ ތަފްސީލް ދެއްވާފަ އެވެ. އަދި ސިޔާސީ މަގާމަކަށް ކުރިމަތިލެއްވުމުގެ ކުރިން އެތައް ފަހަރަކު ރައީސް ނަޝީދު ޖަލަށް ލައްވާފައިވާއިރު، ތަގްރީރުގައި ވަނީ އެކަމުގެ ތަފްސީލާއި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ވެސް ޖަލަށް ލައްވައި، އަރުވާލައްވާފައި ހުންނެވިއިރު ދިރިއުޅުންވުން ގެންގުޅުއްވި ގޮތުގެ ތަފްސީލު ދެއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް