Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2019 | ހުކުރު 08:33
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ހަ ބޭފުޅުން
ގާޒީ މަހާޒު އައްޔަންކުރުމަށް ރައީސް ސޯލިހް ވަނީ ލަފަޔަކަށް އެދިވަޑައިގެންފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވީ ހަބޭފުޅުން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީއިން) ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ޑީޑީ މަގާމުން ވަކިކުރުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހަސަން އަލީއެވެ.

އެމަގާމަށް ކުރިމަތިލައްވާފައިވާ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ އަކީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީއިން) މައްސަލަ ބަލަމުންދާ ފަނޑިޔާރެކެވެ.

ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރެފައިވާ ހުލާސާ ރިޕޯޓްގައި ހަސަން އަލީއާ ހަވާލާދީ ބުނެފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި އޭނާ ހުންނަވަނިކޮށް ފުލުހުންގެ ދެ އިންޓެލިޖެންސް އޮފިސަރަކު ވަނީ އޭނާއާ ބައްދަލުކޮށް ރިލްވާން ހަނގުރާމައަށް ރާއްޖެއިން ބޭރަށް ދިޔަކަމަށް ދައްކަން އޭނާގެ ޕާސްޕޯޓެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

Advertisement

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކެއް މަޖިލީހުން ފާސް ކޮށްގެންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަ ބޭފުޅުން ކުރިމަތިލައްވާފައިވާ އިރު ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް ސޯލިހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ އައްޔަން ކުރެއްވުމަށް ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވެފައިވާއިރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަހަކަުން ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކޯޓަށް ވަނީ ދެ ފަނޑިޔާރަކު އައްޔަން ކޮށްފައެވެ. އެއީ ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން މުހައްމަދެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަ ފަނޑިޔާރުންނަކީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް