Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 10:39
ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
މަޖިލިސް
މަޖިލީސް ޗުއްޓީގައިވެސް 241 ކޮމެޓީގެ ބައްދަލުވުންތައް ބާއްވަނީ
ކޮމެޓީގެ ބައްދަލުވުންތައް ބާއްވަނީ ރިލްވާން މައްސަލަ ދިރާސާކުރުމަށް
މަޖިލީހުގެ ދައުރުގެ ޖަލްސާތައް ނިންމާލަނީ ބުރާސްފަތި ދުވަހު (މިއަދު)

ދައުރުގެ މަސައްކަތްތައް ނިންމާލާ، މަޖިލީސް ޗުއްޓީއަށްދިޔަ ނަމަވެސް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ފަހު ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުރުގެ މަސައްކަތްތައް ނިންމާލާ، މަޖިލީސް ޗުއްޓީއަށްދިޔަ ނަމަވެސް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އަހުމަދު ރިލްވާންގެ މައްސަލާގައި އެކުލަވާލި ރިޕޯޓުގެ މަސައްކަތް ނިމި، އެ ރިޕޯޓުގެ މަސައްކަތް 241 ކޮމެޓީއާއި ހަވާލުކުރެވޭތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިަފއިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރާ ކޮމިޝަނުން ރިލްވާންގެ މައްސަލަ ނިންމާ ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު އެވެ. އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ރިލްވާން ވަނީ މަރާލާފަ އެވެ.

Advertisement

މިހާތަނަށް ލިބުނު ހޯދުންތަކާއި ހެކި ބަހަށް ބަލާއިރު ރިލްވާން އެރުވީ ޑިންގީއަކަށް ކަމަށާއި ރިލްވާން މަރާލީ ކަނޑު އުޅަނދެއްގައި ކަމަށް އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ. އެއީ ކޮން ފަރާތެއްގެ ކަނޑު އުޅަނދެއްކަން އަދި އެ ޑައިރެކްޓް ކުރަމުން އައި އައްޑޫގައި ހުރި ކާކުކަން ވެސް ހޯދާފައިވާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް