Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 09:44
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން
ޓްވިޓަރ
އިމިގްރޭޝަން
ރިލްވާން މައްސަލައިގައި ޕާސްޕޯޓް ހިފެހެއްޓި މީހުންގެ އަދަދު 15 އަށް
ޕާސްޕޯޓް ހިފަހައްޓައިފި ނަމަ އެމީހަކަށް ރާއްޖެއިން ބޭރަށް ފުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ
ރިލްވާން މަރާލާފައިވަނީ އޮގަސްޓް، 8، 2014 ގައި
އިތުރު މީހެއްގެ ޕާސްޕޯޓް ހިފެހެއްޓީ އިއްޔެ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލާގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ އެދުމުގެ މަތިން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ އަދަދު 15 އަށް އިތުރުވެއްޖެ އެވެ.

އިމިގްރޭޝަނުން އަންގާރަ ދުވަހާއި ހަމައަށް ޕާސްޕޯޓް ހިފަހައްޓާފައިވަނީ 14 މީހެއްގެއެވެ. ނަމަވެސް ބުދަ ދުވަހު ވަނީ އިތުރު މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.

ރިލްވާން މަރާލާފައިވަނީ އޮގަސްޓް، 8، 2014 ގައެވެ.

ރިލްވާން މަރާލި މައްސަލައާ ގުޅިގެން މައުލޫމާތު ދެއްވުމަށް ރިޔާސީ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ އޭނާ ރަހީނުކުރުމަށްފަހު، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ފުލުސް ދެ އޮފިސަރުންނަށް ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޖީ ގެ ލަފައެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި ޕާސްޕޯޓް ހިފަައްޓާފައިވާ މީހުންގެ ތެރޭގައި ފުލުހުންގެ އެ ދެ އޮފިސަރުންވެސް ހިމެނެއެވެ.

ރިލްވާން މަރާލީ ރާއްޖޭގައި ދީނީ ހަރުކަށި ޖަމާއަތަކުން ކަމަށް ސުއޫދު ވަނީ އާދީއްތަ ދުވަހު ވިދާޅުވެފައެވެ.

Advertisement

އިމިގްރޭޝަނުން ބުނީ ސަލާމަތީ ސަބަބުތަކަށްޓަައި ޕާސްޕޯޓް ހިފަހައްޓާފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ.

އިތުރު މީހެއްގެ ޕާސްޕޯޓް ބުދަ ދުވަހު އިމިގްރޭޝަނުން ހިފަހައްޓާފައިވާއިރު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރެފައިވާ ހުލާސާ ރިޕޯޓްގައި ހިމެނޭ، ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީއާ ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުދަ ދުވަހު ވަނީ ބަލަން ފަށާފައެވެ.

އެ ރިޕޯޓުގައި ހަސަން އަލީއާ ހަވާލާދީ ބުނެފައިވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި އޭނާ ހުންނަވަނިކޮށް ފުލުހުންގެ ދެ އިންޓެލިޖެންސް އޮފިސަރަކު ވަނީ އޭނާއާ ބައްދަލުކޮށް ރިލްވާން ހަނގުރާމައަށް ރާއްޖެއިން ބޭރަށް ދިޔަކަމަށް ދައްކަން އޭނާގެ ޕާސްޕޯޓެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ރިލްވާންގެ ޕާސްޕޯޓް ހެދުމަށް ފުލުހުންގެ ދެ އޮފިސަރުން އެދުމުން، އެމީހުން ބޭނުން ނަމަ "ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަގޮތަށް އެއްޗެއް ހެދިދާނޭ ނޫންހޭ" ހަސަން އަލީ ބުނި ކަމަށް ރިޕޯޓްގައިވެއެވެ.

ހަސަން އަލީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް