Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 06:03
އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު
އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބުގެ ކެމްޕެއިންނާ އެކު ފ އަތޮޅު ވިއްކާލުމާ ދެކޮޅަށްވެސް މަސައްކަތް ފަށާނަން: ޝިފާޒު
ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭންވީ ލާމަރުކަޒީ ރާއްޖެއެެއް ބިނާ ކުރުމަށް
ފ އަތޮޅު ވިއްކާލުމާ ދެކޮޅަށް ޕެޓިޝަނެއް އެކުލަވާލުމުގެ މަސައްކަތް އެމްޑީޕީން ފަށަނީ
ދިވެހި ރާއްޖޭގެ މާލިއްޔަތު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ

ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބު ކުރުމުގެ މަސައްކަތަކާއި އެއްްވަރަށް ފ އަތޮޅު ވިއްކާލުމާ ދެކޮޅަށް ވެސް މަސައްކަތް ފަށާނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރުމާއި ގުޅޭ ގޮތުން ޝިފާޒް ވިދާޅުވީ، އެމްޑީޕީން ފަށައިގެން ކުރިއަށް ގެންދަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށާއި މިއީ ރާއްޖޭގެ ދަރިންގެ މުސްތަގްބަލަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ، ބާރުވެރި ކައުންސިލެއް އުފެއްދުމަކީ ބުރަ މަސައްކަތެއް ކަމަށާއި، ވެރިކަން ކުރާ މާލޭގައި ހުރި ބާރުތައް ރާއްޖޭގެ ރައްތަކަށް ބަހާލުމަކީ ވަރަށް އުނދަކޫ ކަމެއް ކަމަށެވެ. ޝިފާޒު ވަނީ ރައްޔިތުންނަށް އެ ބާރުވެރިކަން ދިނުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

ޝިފާޒު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކަށް ވޯޓުދޭންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން އެމްޑީޕީއަށް ދެވޭ ވޯޓަކީ ކައުންސިލްތައް ބާރުވެރިކުރުމަށް ދެވޭ ވޯޓެއް ކަމަށާއި އެއީ ލާމަރުކަޒީ ރާއްޖެއެއް ބިނާ ކުރުމަށް ދެވޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވޯޓަކީ މިނިވަން މުއައްސަސާތައް ހަރުދަނާކުރުމާއި އެކު ރާއްޖޭގެ ވަޒަން ހިމާޔަތް ކުރުމަށް ދެވޭ ވޯޓެއް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ، އެމްޑީޕީން މަސައްކަތް ފަށާފައިވަނީ އެއްވެސް ހާލެއްގައި އެންމެ ދުވަހުން ނުވަތަ ދެދުވަހުން މިއީ ނިމޭނެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި އެމްޑީޕީން އިސްލާހަށް މަސައްކަތް ފަށާފައިވަނީ މިކަމަކީ ހަމައެކަނި އެމްޑީޕީއަށް ކުރެވޭނެ މަސައްކަތެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. ޝިފާޒު ވަނީ މި ގައުމު ކުރިއަށް އޮތް ތަނުގައިވެސް އިސްލާހު ކުރެވޭނީ އެމްޑީޕީ އަށް ކަމަށާއި އެ މަސައްކަތް ކުރުމާއި ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ފ އަތޮޅު ވިއްކާލުމާއި ދެކޮޅަށް އަދި ރާއްޖޭގެ މާލިއްޔަތު ހިމާޔަތް ކުރުމާއި ދެކޮޅަށް ހިއްވަރާއެކު މަސައްކަތް ކުރަންޖެހޭ. އަދި މިއީ ދިވެހި ރާއްޖޭގެ ރައްޔިތުން އެދެމުންދާ ކަމެއް" ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ، މިއަދު ރާއްޖޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ސަރުކާރުން ފ އަތޮޅު ވިއްކާލުމަށް ކުރާ މަސައްކަތުގެ ވާހަކަ ކަމަށާއި އެކަމާ ދެކޮޅަށް އެމްޑީޕީން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަމާ ދެކޮޅަށް ޚާއްސަ ފެޓިޝަނެއްގެ މަސައްކަތް ފެށުމާއި އިހްތިޖާޖު ކުރުމާއި އަޑުއުފުލުމުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިޔަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް