Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 08:18
ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަދައްކަވަނީ
ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ވާހަކަދައްކަވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ގައުމުތައް ގުޅިގެން މަސަތްކަތް ކުރަން ޖެހޭ: ޝަމާލް
ޓެރަރިޒަމް ފަދަ އަމަލުތައް ހުއްޓުވުމަށް ގައުމުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރަންޖެހޭކަމަށް ވިދާޅުވި

އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިމަހުގެ 3 - 4 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދިޔަ ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝަމާލް ވަނީ ސޯޝަލް މީޑިއާއާއި ޓެކްނޮލޮޖީގެ ސަބަބުން އިސްތިރާޖީގޮތުން ގައުމުތަކަށް އޮތް ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ސަރަހައްދުގެ ޤައުމުތަކަށް ދިމާވެފައިވާ ރެފިއުޖީންގެ މައްސަލަތަކަށް އަލިއަޅުވާލެއްވުމުގެ އިތުރުން މިކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ޓެރަރިޒަމާއި މަނީ ލޯންޑްރިންއާއި ޤާނޫނާއި ގަވާއިދާ ޚިލާފު ބާވަތްތައް ސްމަގުލް ކުރުމާއި ސައިބަރ ކްރައިމްއާއި ރޭވިގެން ކުރާ ކުށުގެ ޢަމަލުތައް، ލާމެހިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވައި މިފަދަ ކުށުގެ ޢަމަލުތައް ހުއްޓުވުމަށް ގައުމުގެތަކުގެ މެދުގައި މަޢުލޫމާތު ހިއްސާކޮށް ހައްދުފަހަނައަޅައި ދިއުމާއި ހަމަނުޖެހުންތައް ހައްލުކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކާއި މިނިސްޓްރީތައް ގުޅިގެން ކޮށްފައިވާ ތަޖްރިބާތައް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ހިއްސާކުރައްވާފައެވެ.

Advertisement

މި ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އަމަން އަމާންކަން ޤާއިމްކުރުމުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމުގެ މަޤްސަދުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މިފަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ސެކިއޮރިންގ ދަ އިންޑިއަން އޯޝަން ރީޖަން - ޓްރެޑިޝަނަލް އެންޑް ނޮން ޓްރެޑިޝަނަލް ޗެލެންޖަސް"އެވެ. މިއީ އިންޑިއަން ފައުންޑޭޝަނާއި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.

އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ގޮތުގައި ހިމެނޭ ގިނަ ޤައުމުތަކުން ބައިވެރިވި މި ކޮންފަރެންސްގައި ޔޫއޭއީ، އޮމާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ޓެންޒޭނިއާ، މިޔަންމާ، ޖަޕާން، ޕަޕުއާ ނިއުގިނީގެ އިތުރުން އިންޑޮނީޝިއާގެ ޑެޕިއުޓީ މިނިސްޓަރުންނާއި، އެމެރިކާ، ރަޝިޔާ، ޗައިނާ، ވިއެޓްނާމް އަދި މަޑަގަސްކަރައިން އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް