ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 18:59
އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވާ ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު
އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވާ ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު
އައްޑޫ ލައިވް
ތިނަދޫ ކައުންސިލް
ތިނަދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމަށް ނެގި ވޯޓު ސައްހަ: އެލްޖީއޭ
މަގާމުން ދުރުކޮށްފައިވަނީ މިދިޔަ މަހު
ފާސްކޮށްފައިވަނީ 4 މެމްބަރުންގެ ވޯޓުން
ކައުންސިލްގެ ރައީސަކު އިންތިހާބު ކުރުމަށް އެލްޖީއޭއިން ވަނީ އެދިފައި

ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދު މަގާމުން ވަކިކުރަން އެކައުންސިލުން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުން ފާސްކޮށްފިއެވެ.

އައްސަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ދުރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ކައުންސިލް ބައްދަލުވުމެއްގައެވެ. އައްސަދުގެ މަގާމުން ދުރުކުރުމަށް ފާސްކޮށްފައިވަނީ ތިނަދޫ ކައުންސިލްގެ 4 މެމްބަރުންގެ ވޯޓުންނެވެ.

އެކަމާއި ގުޅިގެން އެލްޖީއޭއިން ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ، ކައުންސިލް ހިންގުމަށް ކައުންސިލްގެ ރައީސް އިހުމާލުވެފައިވާތީ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސްކޮށްފައިވާ ''ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާގުޅޭ އުސޫލުގައި'' ބަޔާންކޮށްފައިވާ މަފްހޫމްތަކާއި އިޖުރާއަތުތަކާއި އެއް ގޮތަށް ކަމަށެވެ. އަދި އެ ވޯޓަކީ ސައްހަ ވޯޓެއް ކަަމަށް ފެންނަ ކަމަށް އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވާ ކަމަށްވެސް އެ ސީޓީގައި ވަނީ ބުނެފައެވެ. އަދި ކައުންސިލްގެ ރައީސަކު އިންތިހާބުކުރުމުގެ ހުރިހާ ކަންކަން ކައުންސިލްގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެލްޖީއޭ އިން ވަނީ އެދިފައެވެ.

އައްސަދު މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ ކައުންސިލްގެ ރައީސް، އެހެން ކައުންސިލްގެ މެމްބަރުންނާއި މަޝްވަރާނުކޮށް ނިންމުންތައް ނިންމާ ގުޅިގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

- ކޮމެންޓް
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 10:46
ކައުންސިލްގެ ބިގަރުތަށް
ދެންތިކިޔާ މަސްފަލަ ރުޅިގަދަ އާއިލާބޮޑު މަވަރު ރީތިމީހެއް ނެތްކަމަށް ހެދިގެންއުޅޭ މީހުންގެ ފެންވަރު އެގިދާނެތާއެވެ.