Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 08:42
ފްލެޓް
ފްލެޓް
ސޯޝަލް މީޑިއާ
ހައުސިންގ ސްކީމް
އިހަވަންދުއާއި ކުޅުދުއްފުށީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ހައުސިންގ ސްކީމްގެ ދަށުން ފުރުސަތު ހުޅުވާލައިފި
ކުޅުދުއްފުށީގެ ގެ އެޅުމަށް އެދޭ ފަރާތްތަކުން ލިޔުން ހުށައަޅަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން
އިހަވަންދޫ ރައްޔިތުން ލިޔުން ހުށައަޅަންޖެހެނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން

އިހަވަންދުއާއި ކުޅުދުއްފުށީގައި ގެ ނާޅާ ހުރި ގެވަޅުތަކުގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގެ ނާޅާ ހުރި ގެވަޅުތަކުގައި ގެ އަޅަން ސަރުކާރުގެ ސްކީމްގައި ހިމަނާފައިވަނީ ގެ އެޅުމުގައި މާލީ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުންނެވެ. މިގޮތަށް ގެ އަޅައިދިނުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓު ހިމެނޭ ބިންތަކުގައި ކަމަށް ވާއިރު، ސްކީމް ގެދަށުން އަޅައިދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ ގެތަކެވެ.

Advertisement

ކުޅުދުއްފުށީގައި ގެ އެޅުމަށް އެދޭ ފަރާތްތަކުން ލިޔުން ހުށައަޅަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެރަށު ކައުންސިލަށެވެ. އަދި އިހަވަންދޫ ރައްޔިތުން ލިޔުން ހުށައަޅަންޖެހެނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން އެރަށުގެ ކައުންސިލަށެވެ.

ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ މިންވަރު ދެނެގަތުމަށް ކައުންސިލްތަކާއި ގުޅިގެން ހައުސިން މިނިސްޓްރީއިން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް