Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2019 | ބުދަ 00:20
އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި
އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުންސިލް
ޝުޖޫން ބާ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި
ޝުޖޫން އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ގާޒީންގެ ތެރޭގައި ހިމެނޭ ބޭފުޅެއް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވި އާއިޝާ ޝުޖޫން މުހައްމަދު ބާ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ބާ ކައުންސިލްގެ މެމްބަރަކަށް ޝުޖޫން އިންތިހާބުވެވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ބާ ކައުންސިލް އުފެދުނީ އަލަށް އެކުލަވާލި ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުންނެވެ.

Advertisement

ބާ ކައުންސިލްގެ މެމްބަރުކަމުން ޝުޖޫން އިސްތިއުފާދެއްވިކަން ހާމަކޮށް، އެ ކައުންސިލުން ބުނީ އޭނާ އިސްތިއުފާދިނީ އަންގާރަ ދުވަހު (މިއަދު) ކަމަށެވެ. އަދި ބާ ކައުންސިލްގައި ކުރެއްވި މަސައްކަތްތަކަށް ޝުކުރުދަންނަވާކަމަށް އެ ކައުންސިލުން ބުންޏެވެ.

ޝުޖޫން ބާ ކައުންސިލުން އިސްތިއުފާދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އަންގަރަ ދުވަހުގެ ޖަލްސާއިން ރުހުން ދިނުމުންނެވެ. ޝުޖޫނާއެކު، ޑރ. އަޒްމިރަލްދާ ޒާހިރަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދީފަ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫންއަކީ ރާއްޖޭގައި އައްޔަންކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމާއެކު ޝުޖޫން ވެވަޑައިގަންނަވާނީ ސުޕްރީމް ކޯޓަށް އައްޔަންކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ތެރޭގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް