Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 21:54
ފަރަށް އެރި ބާޖު
ފަރަށް އެރި ބާޖު
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
ފަރަށް އެރުން
ހިއްމަފުށީ އިރުމަތި ފަރާތު ފަރަށް ބާޖެއް އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ފަރަށް އެރި ބާޖަކީ ހިލަ ބަރުކޮށްގެން އިންޑިއާގެ ޓިއުޓިކޯން ބަނަދރުން ފުރައިގެން މާލެ ދަތުރުކުރި ބާޖެއް
އެމްއެންޑީއެފަށް ރިޕޯތުކޮށްފައިވަނީ ބުދަ ދުވަހުގެ 13:54 ގައި

ހިލަ ބަރުކޮށްގެން އިންޑިއާގެ ޓްޓިކޮރިން ބަނދަރުން ފުރައިގެން މާލެއަށް ދަތުރުކުރި ބާޖެއް ކ.ހިންމަފުށީ އިރުމަތީފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 13:54 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

Advertisement

މި ހާދިސާ ހިނގަން މެދުވެރިވީ ބާޖު ކަފުޖަހައިގެން ދަތުރުކުރި ޓަގު ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅި، ޓަގު ބޯޓުގެ އިންޖީނު ހުއްޓިގެންކަމަށް ޓަގު ބޯޓުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑް އަށް މަޢުލޫމާތުދެއެވެ.

މި ބާޖު ފުންކުރުމުގެ މަސައްކަތުގައި ބާޖުގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް