Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 03:41
ޝަމްއޫން ޖަލީލު ފުލުހުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ
ޝަމްއޫން ޖަލީލު ފުލުހުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ
ގޫގުލް
ލޫކަސް ޖަލީލް
ލޫކަސް ޖަލީލް ފުލުހަށް ހާޒިރުކުރަނީ
ލުކަސް ފުލުހަށް ހާޒިރުކުރަނީ މަދަމާ މެންދުރު

ސޯޝަލް މީޑިއާގައި މަޝްހޫރު އެކްޓިވިސްޓް، ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވައިފިއެވެ.

 

ޝަމްއޫން ޖަލީލަށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ ހުކުރު ދުވަހުގެ މެންދުރު 14:30 ގައި ފުލުހަށް ހާޒިރުވާން ޖެހޭ ކަމަށެވެ.

 

ފުލުހުން ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ ޝަމްއޫން ޖަލީލް ހާޒިރުކުރަނީ ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފްކުރަން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަމާއި ގުޅޭ މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

 

މީގެ ކުރިން ވެސް ލޫކަސް ވަނީ ގައުމުގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ހައްޔަރުކޮށް ތަޙްގީގް ހިންގާފައެވެ. އެހެންނަވެސް އެކަށީގެންވާ ހެކިނެތުމުގެ ސަބަބުން އެ މައްސައަށް ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް