Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 22:16
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފްގެ ސީޓީސީ އިމާރާތް ބިނާކުރުމުގެ އެއްބަސް ވުމެއްގައި ސޮއިކޮށްފި
އެ މަސަތްކަތަށް 16،499،400 ރުފިޔާ ހޭދަވޭ

ޅ. މާފިލާފުށީގައި އިމާރާތްކުރާ ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރު (ސީޓީސީ)ގެ ފޭސް 1 އެނެކްސް ބިނާކުރުމުގެ މަސައްކަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިނިސްޓްރީ އޮފް ޑިފެންސާއި ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް) އާ ދެމެދު މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ސީޓީސީ ފޭސް 1 އެނެކްސް ބިނާކުރުމުގެ މަަސައްކަތް، 197 ދުވަހުގެ ތެރޭގައި ފުރިހަމަކުރަންޖެހޭކަމަށެވެ. އަދި އެ މަސަތްކަތަށް 16،499،400 ރުފިޔާ ހޭދަވާކަމަށެވެ.

Advertisement

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ލެފްޓިނެންޓް ކާނަލް އަޙްމަދު ޒުބައިރެވެ.

ސީޓީސީއަކީ އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް