Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 19:09
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ
އިންޑިއަން އެކްސްޕްރެސް
ްްއައިއޯސީ
އައިއެސްއައިއެސްގެ ޓްރަރިޒަމް އަމަލުތަކަކީ ސަލާމަތަށްހުރި ނުރައްކަލެއް، އެކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ: ރަނިލް ވިކްރަމަސިންހަ
އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކަަކީ ޓެރަރިޒަމަކީ މުޖުތަމައަށް އޮތް ނުރައްކާތެރިކަން ބޮޑުކަމެއްކަން ހަނދާންކޮށްދޭ ކަމެއް
ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ޒުވާނުން އެފަދަ ކަންކަމުގައި ބައިވެރިކުރުމަކީ ހީނުކުރާފަދަ ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަންކަން
އައިއެސްއައިއެސް ކަޅި އަޅަމުންދަނީ އޭޝިއާގެ އިރުމައްޗަށް ކަމަށް ވިދާޅުވި

އައިއެސްއައިއެސްއިން ކުރިއަށްގެންދާ ޓްރަރިޒަމްގެ އަމަލުތަކަކީ ސަލާމަތަށްހުރި ނުރައްކަލެއްކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިކްރަމަސިންހަ ވިދާޅުވީ އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކާއި އެހެނިހެން ޓެރަރިސްޓް ހަމަލާތަކަކީ، ޓެރަރިޒަމަކީ މުޖުތަމައަށް އޮތް ނުރައްކާތެރިކަން ބޮޑުކަމެއްކަން ހަނދާނަށް ގެނެސްދިން ކަންކަން ކަމަށެވެ.

ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ޒުވާނުން އެފަދަ ކަންކަމުގައި ބައިވެރިކުރުމަކީ ހީނުކުރާފަދަ ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން، އީސްޓަރ ސަންޑޭގެ ބޮމުގެ ހަމަލާތަކަކީ، އައިއެސްއިން މިހާރު ހުޅަނގު އޭޝިއާ ދޫކޮށް މިހާރު އެމީހުން ކަޅި އަޅަމުންދަނީ އޭޝިއާގެ އިރުމައްޗަށް ކަމުގެ ހެއްކެއް ކަމަށްވެސް ވިކްރަމަސިންހަ ވިދާޅުވިއެވެ.

2016 ވަނަ އަހަރު ބަނގްލަދޭޝްގައި ދިން ބޮމުގެ ހަމަލާތަކާއި 2017 ވަނަ އަހަރު މިސްރުގައި ދިން ހަމަލާތަކާއި 2018 ވަނަ އަހަރު އިންޑޮނޭޗިއާގައި ދިން ހަމަލާތަކަކީވެސް އެމީހުންގެ ނުރައްކާތެރިކަން އެނގޭކަންތައްތައްކަން އޭނާ ވިދާޅުވިއެވެ.

އައިއެސްއައިއެސްގެ ޓެރަރިޒަމާއި ބެހޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު، އަންގާރަ ދުވަހު މަޝްވަރާތަކެއް ކުރެއްވި ކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ. އަދި އެހެނިހެން އެކުވެރި ދައުލަތްތަކާއިވެސް މިކަމާއިބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް