Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 03:18
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް
ރާއްޖެއެމްވީ
އައްޑޫ ޖަލްސާ
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
ވޯޓް ދޭން ޖެހޭ ލާމަރުކަޒީ ނިޒާމު ސާބިތުކަމާއެކު ދިފާއު ކުރުމަށް
ކައުންސިލަށް ހަމައެކަނި އޮތް ބާރަކީ އުފަންދުވަހުގެ ސެޓްފިކެޓް ހައްދައިދިނުން

ލޯކަލް ކައުންސިލް އިންތިހާބުގެ އައްޑޫ ސިޓީގެ 7 ގޮނޑި ވެސް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޔޫއޯއިން ބޭއްވި ޖަލްސާގައި ސޯބެ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ވޯޓް ދޭން ޖެހޭ ލާމަރުކަޒީ ނިޒާމު ސާބިތުކަމާއެކު ދިފާއު ކުރުމަށް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އެމްޔޫއޯއިން ބޭއްވި ޖަލްސާގައި ސޯބެ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް ވޯޓް ދޭން ޖެހޭ ލާމަރުކަޒީ ނިޒާމު ސާބިތުކަމާއެކު ދިފާއު ކުރުމަށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމު ހަލާކުކޮށްލާފައި ކަމަށާއި ކައުންސިލްތަކުގެ ބާރު ވެސް ކަނޑުވާލާފައި ކަމަށެވެ. ޕީޕީއެމްގެ ފަރާތުން އައްޑޫ ކައުންސިލަށް ވާދަކުރެއްވިއިރު، މި ކައުންސިލަށް ހަމައެކަނި އޮތް ބާރަކީ އުފަންދުވަހުގެ ސެޓްފިކެޓް ހައްދައިދިނުން ކަމަށް ސޯބެ ވިދާޅުވި އެވެ.

 އެހެން ބާރުތައް ގާނޫނަށް ބަދަލު ގެނެސްގެން ނަގާފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ. ޕީޕީއެމްގެ މެމްބަރުންނަށް ވޯޓް ދެއްވައިފި ނަމަ، އެ މެމްބަރުން ކުރައްވާނެ ކަމަކީ ސަރުކާރުން ބޭނުންވާ ގޮތަށް އުފަންދުވަހުގެ ސެޓްފިކެޓް ހައްދަވައި ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް