Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 14:01
އަޒްމިރަލްދާ ޒާހިރު (ކ)، ފަނޑިޔާރު އާއިޝާ ޝުޖޫން (ވ)
އަޒްމިރަލްދާ ޒާހިރު (ކ)، ފަނޑިޔާރު އާއިޝާ ޝުޖޫން (ވ)
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ޝުޖޫނާއި، އަޒްމިރަލްދާ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި
ރައީސް ހުށަހެެޅުއްވީ އަޒްމިރަލްދާގެ އިތުރުން އައިޝާ ޝުޖޫންގެ ނަން
މަޖިލީހުން ރުހުން ދީފައިވަނީ ހާޒިރުވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުން

ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސް ކޮށްފިއެވެ.

އަޒްމިރަލްދާއާއި ޝުޖޫންއަށް މަޖިލީހުން ރުހުން ދީފައިވަނީ ހާޒިރުވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއް މެމްބަރަކު އަދި ވަކި ގޮތަކަށް އެއް މެމްބަރަކު ވޯޓު ނުދެއްވައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫން އަދި އަޒްމިރަލްދާ އައްޔަންކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. ޖޭއެސްސީން މިގޮތަށް ނިންމެވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާއި އިންޓަރވިއު ކުރެއްވުމަށް ފަހުގައެވެ. އަދި އެ ދެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުއްވާފަ އެވެ.

Advertisement

ރައީސް ސޯލިހަށް އެގޮތަށް ލަފާއެރުވުމާއެކު، ފަނޑިޔާރުކަމަށް ދެބޭފުޅުން އައްޔަންކުރުމަށް މަޖިލީހަށް ހަމަ އެ ދުވަހު ފޮނުވާފައިވެއެވެ. އަދި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވިއިރު، އެ ކޮމެޓީން ވަނީ އަޒްމިރަލްދާ އަދި ޝުޖޫނަށް ރުހުންދިނުމަށް ފެންނަ ކަމަށް ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާއެކު ވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަން ކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް