Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2019 | އަންގާރަ 14:09
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލިސް
ޝަހީބާއި ޒައިނާގެ މައްސަލަ އަނެއްކާވެސް ކޮމެޓީއަށް
މިގޮތަށް ނިންމެވީ މިހާރު މަޖިލީހުން އަމަލު ކުރަމުންދާ ގަވާއިދަށް އަމަލުކުރުމުގެ ގޮތުން

މަޖިލީހުގެ އާ ގަވާއިދުގައި ބުނާ ހަމަތަކުން ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާގެ މައްސަލަ، ބަލާ ދިރާސާ ކޮށް ގޮތެއް ނިންމައި ދިނުމަށް މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާލައިފިއެވެ.

މިގޮތަށް އަމަލުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ މިހާރު މަޖިލީހުން އަމަލު ކުރަމުންދާ ގަވާއިދުގައި ބުނާ ގޮތަށް އަމަލު ކުރުމުގެ ގޮތުންނެވެ.

Advertisement

މަޖިލީހުގެ ރައީސް ވިދާޅުވީ، ކޮމެޓީގެ މަސައްކަތް ނިންމާފައިވަނީ ކުރީގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި މަސައްކަތް ނިންމުމަށްފަހު ތަޅުމާ ހަމަޔަށް އައިއިރު އޮތީ ގަވާއިދު ބަދަލުވެފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އާ ގަވާއިދާއި އެއްގޮތަަށް އަމަލުކުރުމުގެ ގޮތުން ކޮމެޓީއަށް ފޮނުވާލެވުމުން، ވީހާވެސް އަވަހަށް އަނެއްކާވެސް ތަޅުމަށް ފޮނުއްވުމަށެވެ.

އިސްލާހު ކުރެވުނު ގަވާއިދުގައި މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓަގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް