Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 01:40
ނޮޅިވަރަމް ދައިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް
ނޮޅިވަރަމް ދައިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް
ވީނިއުސް
އެމްޑީއޭ
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި
މެމްބަރު އަރީފް ވަކިކުރީ އެމްޑީއޭގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުން

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދައިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް އެ ޕާޓީން ވަކިކޮށްފި އެވެ.

 

މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކުރަން ނިންމީ ބުރާސްފަތި ދުވަހު ހަވީރު ބޭއްވި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުމުނެވެ. އެމްޑީއޭގެ މެމްބަރުކަމުން އަރީފް ވަކިކުރަން ނިންމާފައި ވަނީ ރައީސް މައުމޫން ފެކްޝަނަން ތާއިދުކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދަނިކޮށެވެ،

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައިވެސް ހުސެއިން އަރީފް ހިމެނިވަޑައިގަންނަވައެވެ.

 

އަރީފް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވެސް  ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީއޭއާ ގުޅިވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް