Advertisement
ކ. މާލެ
|
10 މާރޗް 2017 | ހުކުރު 00:28
މާލޭ ސިޓީގައި ބޭއްވި ދިދަ ނެގުމުގެ ހަރަކަތުގެ ތެރެއިން
މާލޭ ސިޓީގައި ބޭއްވި ދިދަ ނެގުމުގެ ހަރަކަތުގެ ތެރެއިން
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި އެވެ. 

 

ކެމްޕެއިން ހަރަކާތް ފެށީ އެމްޑީޕީ ހަރުގެ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫގައި މިއަދު ހަވީރު އެއްވަގުތެއްގައި ބޭއްވި ކެމްޕޭން ހަރަކާތުގައެވެ. މި ހަރަކާތުގައި ދިދަ ނެގުމާއި ކެންޑިޑޭޓުން ތައާރަފުވުން ކުރިއަށް ގެންދިޔަ އެވެ.  މި ރަސްމިއްޔާތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވި އެވެ. 

މާލޭ އެމްޑީޕީ ހަރުގޭގައި އެޕާޓީގެ ދިދަ ނަންގަވާދެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސަރުކާރަށް ތާއިދު ނެތްކަން ހާމަކުރުމުގެ ގޮތުން ކައުންސިލް އިންތިހާބު ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންނަކީ ރައްޔިތުންގެ ހާލު ބެއްލުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި އެޕަޓީގެ ކެމްޕޭން ޓީމްތަކުން ރައްޔިތުން ގާތަށް ޒިޔާރަތްނުކުރާ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ހަރުގޭގައި އެމްޔޫއޯގެ ފަރާތުން ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ނެގީ ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން އެ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ރަށްތަކުން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ދިއްދޫގައި ބޭއްވި ހަރަކާތުގައި އުތުރުގެ އަތޮޅުތަކުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޭޓުން ބައިވެރިވެވަޑައިގަތެވެ. 

މާލެ ސިޓީ ކައުންސިލްގެ މެޔަރު މުހައްމަދު ޝިހާބް ވިދާޅުވީ އެމްޑީޕީއަށް އަވަދުވެސް މާލޭގެ މެޖޯރިޓީ ލިބޭނެ ކަމަށާއި މި އަންނަ މަހުގެ 15 ވަަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނި ގޮވާލާފައެވެ،

ކެންޕޭން ހަރަކާތްތަށް ރަސްމީކޮށް ފެށުމުގެ ގޮތުން ފަތިސް ނަމާދަށް ފަހު ބައެއް ރަށްރަށުގައި ވަނީ ހާއްސަ ދުޢާއެއް ކޮށްފައެވެ، އަދި ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ދޮރުން ދޮރަށް ހިންގަވާ ޕޯސްޓަރު ތަތްކުރަން ފަށައިފަ އެވެ. 

ކެމްޕޭން ފެށުމުގެ ބޮޑު ޖަލްސާ މިރޭ އައްޑޫ އާއި ދިއްދޫގައި އޮންނާނެ އެވެ. މި ދެ ޖަލްސާވެސް ރާއްޖެޓީވީން ލައިވްކުރާނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް