Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 19:05
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ކެންޑިޑޭޓުން ތަރުތީބުކުރުން
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ގުރުއަތުލުން ކުރިއަށްދިޔައީ 10:00 އިން 12:00 އަށް
އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު މިއަދުގެ ވަގުތެއްގައި އިއުލާންކުރާނެ: އެލެކްޝަންސް ކޮމިޝަން

މި އަހަރުގެ އެޕްރީލް މަހުގެ 15ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން ބާއްވައިފިއެވެ. 

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު 10:00 އިން 12:00 އަށް ކަމަށް ކޮމިޝަނުން މަޢޫލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ކުރިއަށް ދިޔައިރު، އަތޮޅާއި ސިޓީ އަދި އެހެނިހެން ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމާއި ނަން ތަރުތީބުކުރުން ކުރިއަށް ގެންގޮސްފައިވަނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާތަކުގައި ކަމަށެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލް  އިދާރާގައި ނެގި ގުރުއަތުލުމުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު މިއަދުގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މި އިންތިޚާބަށް ވޯޓުލާ މީހުންގެ ތެރެއިން ރީރެޖިސްޓަރ ކުރުމަށް ފޯމުހުށަހެޅުމާއި ބަލައިގަތުމުގެ ސުންގަޑި، ބުރާސްފަތި ދުވަހު (މިއަދު) 15:00 އަށް ހަމަވާ ގޮތަށް ހަމަޖައްސާފައިވާއިރު، އީސީ އިން މޮބައިލް ސްޓޭޝަންތަކުން ރީ ރަޖިސްޓާކޮށްދޭ ސުންގަޑި ވެސް މިވަނީ 15:00 އާ ހަމައަށް އަވަސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް