Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 17:58
އޭސީސީގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން
އޭސީސީގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
ރިޕޯޓް ނެރޭނެ ކަމަށް މިދިޔަ އަހަރު ވެސް އޭސީސީ އިން ބުނި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕްރޭޝަން (އެމްއެމްޕީއާރުސީ) ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގެ ރިޕޯޓް އަންނަ މަހު ނެރޭނެ ކަމަށް އޭސީސީ އިން ބުނެފިއެވެ.

އޭސީސީގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި "ރާއްޖެއެމްވީ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ މިހާތަނަށް އޭސީސީ އިން ތަހުގީގު ކުރި އެއްވެސް މައްސަލައެއްގެ ރިޕޯޓު ކޮމިޝަނުން ނުނެރެ ނުވާނެ ކަމަށާއި އެހެން ކަމުން އެމްއެމްޕީއާރުސީގެ ކޮރޮޕްޝަނާ ގުޅޭ ތަހުގީގު ރިޕޯޓު ނެރޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރޮޕްޝަނާ ގުޅޭ ތަހުގީގު ފުރިހަމަ ކޮށް އަންނަ އެޕްރީލް މަހު ރިޕޯޓް އާންމު ކުރާނެ ކަމަށާއި އެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް ލުތުފީ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަންގެ ނައިބް ރައީސް މުއައްވިޒް އިބްރާހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަކީ އޭސީސީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ކަމަށެވެ. އެގޮތުން ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މައްސަލައިގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލައާއި ފެނަކަ ކޯޕްރޭޝަންގެ މައްސަލައާއި އަދި އާސަންދައާ ގުޅޭ މައްސަލަ އެއް ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

އަންނަ މަހު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ރިޕޯޓް އާންމު ކުރެާނެ ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއިރު، 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކުރުމަށް މިދިޔަ އަހަރު ބޭއްވި ހަފްލާގައި ވެސް އޭސީސީގެ މެންބަރުން ވަނީ ވަރަށް އަވަހަށް ތަހުގީގު ނިންމައި ރިޕޯޓް އާންމު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭސީސީން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަހުގީގު ކުރަމުންދާއިރު، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކޮށް 50 ރަށެއްގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް