ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 17:58
ކަރީނާ ކަޕޫރު
ކަރީނާ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކަރީނާގެ ފުރަތަމަ ކްރަޝް އިނގޭތަ؟
ކަރީނާގެ ފުރަތަމަ ކްރަޝް އަކީ ރާހުލް ރޯއީ
ކަރީނާ ވަނީ ރާހުލް ގެ ފިލްމް "އާޝިގީ" އަށް ފަހަރު ބަލާފައި

ކަރީނާ ކަޕޫރަކީ ބޮލީވުޑްގައި ފަނޑުވުމެއްނެތި ފިޔަޖަހަމުން އަންނަ ތަރިއެކެވެ.

ވިހެއުމަށް ފަހުގައި ވެސް ކަރީނާ ދަނީ ހިތްވަރާއި އެކު މަސައްކަތް ކުރަމުންނެވެ

ވިހެއުމަށްފަހު އޭނާ ކުޅުނު ފުރަތަމަ ފިލްމް "ވީރޭ ދި ވެޑިން" ވެސް ވެގެން ގޮސްފައިވަނީ ކާމިޔާބު ފިލްމަކަށެވެ.

މީގެ އިތުރުން މިހާރު ވެސް އޭނާގެ ތިން ފިލްމެއްގެ މަސައްކަތް ކުރިއަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ކަރީނާ ދަނީ ޓީވީ ޝޯ " ޑާންސް އިންޑިއާ ޑާންސް" ގެ ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ.

މި ޝޯގައި ކަރީނާ ވަނީ އޭނާގެ ފުރަތަމަ ކްރަޝް އާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

މުމްބާއީ މިރޯގައި ރިޕޯޓް ކޮށްފައިވާގޮތުން ޝޯގެ ހޯސްޓް ކަރަން ވާހީ ކަރީނާގެ ގާތު އޭނާގެ ފުރަތަމަ ކްރަޝްއަކީ ކާކުތޯ އަހަން ފެށުމުން ކަރީނާ ބުނެފައިވަނީ އެއީ ރާހުލް ރޯއީ ކަމަށެވެ.

އަދި ރާހުލް ރޯއީގެ ފިލްމް " އާޝިގީ" އަށް ފަހަރު ބެލިކަމަށް ކަރީނާ ވަނީ ބުނެފައެވެ.

މަހޭޝް ބަޓް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ 1990 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. ރާހުލް ރޯއީ އާއި އަނޫ އަގަރްވާލް ކުޅެފައިވާ ފިލްމް ވެގެންގޮސްފައި ވަނީ ސުޕަ ހިޓް ފިލްމަކަށެވެ.

ކަރީނާ ވަނީ ފިރިމީހާ ސައިފް އަލި ޚާން އާއި ދަރިފުޅު ތައިމޫރު އަލީ ޚާން އާއި އެކު ފާއިތުވި ދެމަހެއްހާ ދުވަހު ލަންޑަންގައި ޗުއްޓީ ހޭދަކޮށްފައެވެ.

ކަރީނާގެ އަންނަން އޮތް ފިލްމް "އަންގްރޭޒީ މީޑިއަމް" ގެ ބައެއް މަންޒަރުތައް ވެސް ކަރީނާ ވަނީ ލަންޑަންގައި ޝޫޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޯގަސްޓް 2019 | ބުރާސްފަތި 02:24
އެނގޭ މީހާ
މި ޚަބަރު މިއޮތީ ހަމަ ހިންދުސްތާން ޓައިމްސް އިން ތަރުޖަމާ ކޮށްލާފަ! މިހާރު އުޅޭ ސޯ ކޯލްޑް "މޯލްޑިވިއަން ޖަރނަލިސްޓްސް" އަށް މި ނޫން ކަމެއް ކުރަން ނޭންގެނީތަ؟ https://www.google.com/amp/s/m.hindustantimes.com/bollywood/kareena-kapoor-says-she-had-a-crush-on-rahul-roy-saw-aashiqui-8-times/story-AVHTErXnFHCq2ydkmTACcI_amp.html
28 އޯގަސްޓް 2019 | ބުދަ 23:58
ދެރަ
ކަރީނާ މާހިކިއްޖެ. ހީވަނީ ބަލި ކުއްޖެއްހެން