Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 12:16
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މަޖިލިސް
މަޖިލިސް
ސްޕޭޝަލް ޕްލޭނާއި ގުޅިގެން މައުލޫމާތު ދިނުމަށް ސެޝަނެއް ބާއްވަން ގަސްދުކުރަން: ޕްލޭނިންގް މިނިސްޓަރ
ޕްލޭންގައި ހިމަނާފައިވަނީ ފަސް ރީޖަނަކަށް ބަހާލައިގެން ނޫންކަމަށް މިނިސްޓަރ ވިދާޅުވި
ޕްލޭންގައި ހިމަނާފައިވަނީ ސެންޓްރަލް އެއް ރީޖަނަކާއި ފަސް މެއިން ރީޖަނާއި ނުވަ ސަބް ރީޖަންގެ އިތުރުން ހަ ސެޓެލައިޓް ކްލަސްޗާރސް
މިނިސްޓަރ އެދިވަޑައިގެންނެވިހާ އަވަހަކަށް އެ އިންތިޒާމް ހަމަޖައްސަވާދެއްވާނެ ކަމަށް މަޖިލީހުގެ ނަައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސްޕޭޝަލް ޑިވެލޮޕްމެންޓް ޕްލޭނާއި ގުޅިގެން މައުލޫމާތު ދެއްވުމަށް ސެޝަނެއް ބާއްވަން ގަސްދުކުރައްވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ހުކުރު ދުވަހު ސްޕޭޝަލް ޑިވެލޮޕްމެންޓް ޕްލޭން ހުށަހެޅުއްވިއިރު ވަރަށް ގިނަ މެމްބަރުންނާއި އެކި ފަރާތްތަކަށް އޮޅުން އަރާކަހަލަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވޭ ކަމަށެވެ. އެގޮތުން ރާއްޖެ ތަރައްގީ ކުރަން ޕްލޭންގައި ހިމަނާފައިވަނީ ފަސް ރީޖަނަކަށް ބަހާލައިގެން ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ސްޕޭޝަލް ޕްލޭންގައި ހިމަނާފައިވަނީ ސެންޓްރަލް އެއް ރީޖަނަކާއި ފަސް މެއިން ރީޖަނާއި ނުވަ ސަބް ރީޖަންގެ އިތުރުން ހަ ސެޓެލައިޓް ކްލަސްޗާރސްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ރީޖަންތަކާއި ސަބްރީޖަން ތަކުގައި މާބޮޑު ތަފާތު ތަކެއް ނުހުންނާނެ ކަމަށާއި ސަބް ރީޖަނެއް ރީޖަން އަކަށް ކުރިއަރާ ދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެގޮތުން މި ޕްލޭނާއި ގުޅިގެން މެމްބަރުންގެ އޮޅުންތައް ފިލުއްވުމަށް ސެޝަނެއް ބޭއްވުމަށް ގަސްތުކުރައްވާކަމަށާއި މަޖިލީހުގައި މި ސެޝަނަށް ފެސިލިޓޭޓް ކޮއްދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އަންގާރަ ދުވަހުގެ މަޖިލީހުގެ ނަައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މިނިސްޓަރ އެދިވަޑައިގެންނެވިހާ އަވަހަކަށް އެ އިންތިޒާމް ހަމަޖައްސަވާދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕްލޭނިންގް މިނިސްޓަރ އަލްސަމް މަޖިލީހަށް ހާޒިރުކުރެވުނީ މަޑުއްވަރީގައި 1200 ފޫޓުގެ ބަނދަރެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދަކަށް ވާއިރު، މަޑުއްވަރީ ބަނދަރުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެތޯ އާއި އެ މަސައްކަތަށް މި އަހަރަށް ބޭނުންވާ ފައިސާ ޔަގީން ކުރެވިފައިވޭތޯ އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސުވާލު ކުރެއްވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް