Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 07:44
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ކޯލިޝަނުން ޖޭޕީ ބޭރުކުރަންދެން ތިބޭނަން، ބޭނުންވަނީ ޕާޓީ ބޮޑުކުރަން : ގާސިމް
ރައީސް ސާލިހުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޖޭޕީން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
ޖޭޕީން ބޭނުންވަނީ ޕާޓީ ބޮޑުކުރަން ކަމަށް ވިދާޅުވި

މި ސަރުކާރު ހިންގާ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ( ޖޭޕީ) ބޭރުކުރަންދެން ތިބޭނެ ކަމަށާއި ބޭނުންވަނީ ޕާޓީ ބޮޑުކުރަން ކަމަށް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސް ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖެޕީ އަކީ ކޯލިޝަން ސަރުކާތުގައި އޮތް ޕާޓީ އެއް ކަމަށާއި އެޕާޓީ ކޯލިޝަނަކުން ބޭރެއް ނުވާނެކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޖޭޕީން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ޖޭޕީ ބޮޑުވާންވެސް ޖޭޕީ މަސައްކަތް ކުރާނެ ކަމަށާއި ޖޭޕީ ތާއަބަދު އެއްގޮތަކަށް ނޯވެވޭނެ ކަންވެސް ހަނދުމަފުޅު ބަހައްޓަވަން ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބޭފުޅަކު ދޭތެރެ ޖައްސަން މަސައްކަތް ކުރެއްވި ކަމުގައި ވިޔަސް އެބޭފުޅުން ޖެހިލުން ނުވާ ކަމަށާއި ތުރުތުރެއްވެސް ނާޅާނެ ކަމަށް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާއި ހަމައަށް ޖޭޕީ ބޮޑު ކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށާއި ރޭހުގެ ފަހަތުގައި އޮންނަ ބަޔަކަށް ވާން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

"ރޭހުގެ ފަހަތުގައި އޮތް އޮތުން ކުރިއަށް އަރަން އަޒުމް ކަނަޑައޅައިގެން ކުރިއަށް ދެވޭނީ" ގާސިމް ވިދާޅުވިއެވެ.

Advertisement

ޖޭޕީގެ ގޮތްޕެއް ނެތް ރަށްތައްވެސް ހުރިކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ މަޖިލިސް ޗުއްޓީގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ ގޮތްޕެއް ކޮންމެ ރަށެއްގައި ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ޖޭޕީން ކުރާ މަސައްކަތްތަކަކީ ކޯލިޝަނުން ބޭރުވުމަށް ކުރާ މަސައްކަތްތަކެއް ނޫން ކަމަށާއި މިއަދުގެ ސަރުކާރުން ޤާނޫނު އަސާސީ އާއި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައިގެން ހިންގާހާ ހިނދަކު ތިއްބަވާނީ ރައީސް ސާލިހު އާއި އެކުގައި ކަމަށެވެ.

މިސަރުކާރުގެ ކެބިނެޓްގައާއި އެހެނިހެން ވަޒީފާތަކުގައިވެސް ޖޭޕީގެ މެންބަރުން ތިއްބެވި ކަމަށާއި އެބޭފުޅުނަށް ވެސް ދަންނަވަން އޮތީ ޕާޓީން ކުރާ މަސައްކަތަކީ ޕާޓީ ބޮޑު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިސަރުކާރު ސްލޯކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް ރަނގަޅަށް ނަޒަރިއްޔާތު ހިންގައިފިނަމަ މިސަރުކާރު ސްލޯކަމަށް ނުދެންނެވޭނެ ކަމަށެވެ. ކުރީ ސަރުކާރު ތަކުގައި މަޝްރޫއުތަކުގެ މަސައްކަތްތައް ރަނގަޅަށް ފެންނާން ފަށާފައިވަނީ ގާތްގަނޑަކަށް ދެއަހަރާއި ކައިރިވެފައި ވަނިކޮށް ކަމަށެވެ.

މިއަދުގެ ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ލަސްވެގެން ރައްޔިތުން މާޔޫސްވެގެން އެއްޗެއް ބުނަން ޖެހޭ ހިސާބަށް ނުދާކަމަށް ގާސިމް ވިދާޅުވިއެވެ. މިފަސް އަހަރު ރައީސް ސޯލިހު ރައީސް ކަމުގެ މަޤާމް ފުރިހަމައަށް އަދާކުރެއްވުމަށް ރައްޔިތުން ކެތްތެރިވާން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
27 އޯގަސްޓް 2019 | އަންގާރަ 08:44
ޖާދޫ
ގައުމަށް ދިމާވެފައިވާ ބޮޑު މުސީބާތެއް. އިބްރާހީމް ސޯލިހް ވިސްނޭކަން ނުވޭތަ. ޔާމިން ކުޅިބައިގައި ތިބި ހުރިހާ އެންމެން ހުދުކާފޫރަށް ވަނީތަ.