Advertisement
ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 15:53
މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 30 ޖޫންގެ ނިޔަލަށް ޖުވެނަލް ޖަސްޓިސްއަށް ހުށަހެޅިފައިވާ މައްސަލަތައް
މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން 30 ޖޫންގެ ނިޔަލަށް ޖުވެނަލް ޖަސްޓިސްއަށް ހުށަހެޅިފައިވާ މައްސަލަތައް
ހޯމް މިނިސްޓްރީ
ޖުވެނައިލް ޖަސްޓިސް ޔުނިޓް
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅުނު މައްސަލަތައް މަދު
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޤާނޫނާ ޚިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 155 ކުއްޖެއްގެ މައްސަލައެއް

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ވުރެ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅުނު މައްސަލަތައް މަދުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޤާނޫނާ ޚިލާފްވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވަނީ 155 ކުއްޖެއްގެ މައްސަލައެއް ކަމަށާއި، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ވުރެ 33 ކުދިންގެ މަދު އަދަދެއް ކަމަށެވެ. އަދި މިއީ %17.6 ދަށް އަދަދެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ހޯމް މިނިސްޓްރީން ބުނީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތައް މަދުވިނަމަވެސް ކުށްކުރާން ދިމާވާ ސަބަބުތައް ގިނަކަން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުށް ތަކުރާރުކޮށްގެން ހުށައެޅިފައިވަނީ 79 ކުއްޖެއްގެ މައްސަލައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެސް ތަކުރާރުކޮށް ކުށްކޮށްގެން ހުށައެޅިފައިވަނީ 79 ކުއްޖެއްގެ މައްސަލައެއް ކަމަށާއި، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެއް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އެންމެ ގިނައިން ހުށައެޅިފައިވަނީ ފިރިހެން ކުދިންގެ މައްސަލަތަކެއް ކަމަށާއި، ހުށައެޅުނު މައްސަލަތަކުގެ %95 އަކީ ފިރިހެން ކުދިންގެ މައްސަލަތައް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

Advertisement

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުމު މައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާ ހުރެ ސްކޫލުން ވަކިވެފައިވާ 65 ކުއްޖެއްގެ މައްސަލަ ހިމެނޭއިރު، ސްކޫލް ނިންމާފައިވާ 39 ކުއްޖެއްގެ މައްސަލައާއި، ސްކޫލްގައި ތައުލީމް ހާޞިލްކުރަމުންދިޔަ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުނު މައްސަލަތަކުގައި ގިނައީ ސްކޫލްގައި ތައުލީމް ހާޞިލް ކުރަމުންދިޔަ ދަރިވަރުންގެ މައްސަލަތައް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ކަމަށާއި، އެފަދަ 55 ކުއްޖެއްގެ މައްސަލަ ހުށައެޅިފައިވާ މީގެއިތުރުން ވައްކަމާއި، ފޭރުމާއި، މާރާމާރީގެ މައްސަލަތައްވެސް ހުށައެޅިފައިވާ ކަމަށެވެ. އަދި ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށައެޅިފައިވަނީ އެފަދަ 4 މައްސަލައެއް ކަމަށާއި، މިދިޔަ އަހަރު ތޫނު ހަތިޔާރު ގެންގުޅުމުގެ 13 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށައެޅިފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް