Advertisement
ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 15:27
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް
މަޖިލިސް
ޔައުގޫބް
އަދީބާއި ކޮމިޝަނަރ ޖެނެރަލްގެ ޗެޓުލޮގުތަކެއް ލިބިފައިވޭ : މެމްބަރު ޔައުގޫބް
މީރާ ހާޒިރު ކުރެވުނީ އެމްއެމްޕީއާރުސީ ގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ގުޅިގެން ސުވާލު ކުރެއްވުމަށް

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްްމަދުއާ ކުރީގެ ނައިބު ރައީސް އަދި އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބުއާއި ދެމެދު ދެކެވިފައި ހުރި ވާހަކަތަކެއް ކަމަށް ބެލެވޭ ޗެޓްލޮގްތަކެއް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބަށް ލިބިފައިވާކަން ހާމަވެއްޖެއެވެ.

ހޯމަ ދުވަހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މެމްބަރު ޔައުގޫބް ވަނީ އަހްމަދު އަދީބު އާއި ކޮމިޝަނަރ ޖެނެރަލް އާއި ދެމެދު ހިނގާފައިވާ ކަމަށް ބުނާ މުއާމަލާތްތަކާއި ގުޅިގެން ގިނަ އަދަދެއްގެ ސުވާލު ކުރައްވާފައެވެ. މެމްބަރު ޔައުގޫބް ވިދާޅުވީ ކޮމިޝަނަރ ޖެނެރަލްއާއި ކޮމެޓީގައި ސުވާލު ކުރެއްވީ ކޮމިޝަނަރ ޖެނެރަލްއާއި އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބުއާއި ދެފަރާތުގެ ދެމެދު ދެކެވިފައި ހުރި ވާހަކަތަކެއް ކަމަށް ބެލެވޭ ޗެޓްލޮގްތަކަށާއި މެމްބަރަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީ އާއި ޓުއަރިޒްމް މިނިސްޓްރީގެ ސްޕެޝަލް އޮޑިޓާއި ގުޅިގެން އޮޑިޓަރ ޖެނެރަލް މައުލޫމާތު ހޯދަން އެދެފައިވާތީ އާއި އެއްވެސް ކަހަލަ އާރޖެންޓް ކޯލެއް ކޮމިޝަނަރ ޖެނެރަލް ކުރެއްވިންތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

Advertisement

އިންކާރު ކުރައްވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އަދި ވަކި މައްސަލައަކާއި ގުޅިގެން ވެއްޖިއްޔާ އެ މައްސަލައާއި ގުޅިގެން މީރާ ތެރޭގައި ކުރަން ޖެހޭ ގޮތަށް އެކަމެއް ކުރައްވާ ކަމަށެވެ. އަދި މީރާ ބައްޓަން ކޮށްފައި ހުރީ އޭރަކު ހުންނަ ކޮމިޝަނަރ ޖެނެރަލް ބޭނުންވީމަ، ބޭނުން ގޮތަކަށް ކަންތައްތައްވާ މުއައްސަސާއެއްގެ ގޮތުގައި ނޫން ކަމަށެވެ. މީރާ އަކީ އިންޓާރނަލް ކޮންޓްރޯލް ސިސްޓަމް ވަކިން ވަރުގަދަ، ސެގްރިގޭޝަން އޮފް ޑިއުޓީސްތައް ހުރި، މީރާގެ ކޮންމެ ފަންކްޝަނެއްގައި ވެސް ޗެކިން ބެލެންސްއެއް އޭގައި ހިމެނިފައޮތް އެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ރިޒޯޓަކުން ކުލި ނުދެއްކިއަސް ކުލި ދެއްކުމާއި ބެހޭ ގޮތުން ކޮމިޝަނަރ ޖެނެރަލް ކޮންމެހެން މިވެނި މީހަކު ކުލި ނުދެއްކިއޭ ހެވޭ ބުންޏަކަސް ހެޔޮވެގެން ތިބެވޭ ގޮތަކަށް ނޫން ކަމަށެވެ.

މެމްބަރު ކުރެއްވި އަނެއް ސުވާލަކީ

"ކޮކޯ ޓްރީގެ ވެރިފަރާތަކީ ރައީސް ޔާމީން ގެ ދަރިކަލުން ޒައިން ކަމަށާއި އެކުންފުނީގެ ލިސްޓުގައި ހިމެނޭތީ، އެލިސްޓު އިއުލާނުކުރުމުގެ ކުރިން އެ ފަރާތަށް އަންގާ ޓެކްސް ދެއްކުމަށް އެއްވެސް ފަރާތަކަށް އިންސްޓްރަކްޓް ކޮށްފަ ކޮމިޝަނަރ ޖެނެރަލް ވާނެތޯ؟ އަދި އެވާހަކަ އެއްވެސް ފަރާތަކާއި ދެކެވިފައިވާނެތޯ؟"

ކޮމިޝަނަރ ޖެނެރަލް ޖަވާބު ދެއްވަމުން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާކަމަށެވެ. ކޮމިޝަނަރ ޖެނެރަލް އާއި މެމްބަރު ދެން ކުރެއްވި ސުވާލަކީ

"ލޭންޑް ރެންޓް ތަކާއި ގުޅޭގޮތުން އެއްވެސް ވަރަކަށް އަދީބުގެ ފަރާތުން އެއްވެސް އެޑްވައިސެއް ހޯދާފައިވާނެތޯ ކޮމިޝަނަރ ޖެނެރަލް؟"

ކޮމިޝަނަރ ޖެނެރަލް ޖަވާބު ދެއްވަމުން ވިދާޅުވީ ޓުއަރިޒްމް މިނިސްޓްރީއާއި އެކީ ކުރެވޭ މުއާމަލާތްތައް، އުސޫލެއްގެ ގޮތުން ލިޔެކިޔުމުން ދާނެ ކަމަށެވެ.

ދެން މެމްބަރު ކުރެއްވި އަނެއް ސުވާލަކީ

"ވީޓީވީ ހިންގާ އަމީނުގެ މަލާފަތަށް އެރުމުގެ ކުރިން އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަދީބުގެ ފަރާތުން ހުއްދަ ހޯއްދެވިންތޯ؟"

ޖަވާބު ދެއްވަމުން ޔަޒީދު ވިދާޅުވީ

" އަޅުގަނޑު ހަނދާނެއްވެސް ނެތް މަލާފަތަށް އެރި ދުވަސްވަރެއް. ތިޔާ ބެހޭ ގޮތުން މިވަގުތު އަޅުގަނޑު ހަނދާނެއް ނެތް އަޅުގަނޑު އަދީބާއި މައުލޫމާތުތަކެއް ހިއްސާ ކުރި ކަމެއް"

މާލިއްޔަތު ކޮމެޓީއަށް މީރާ ހާޒިރު ކުރެވުނީ އެމްއެމްޕީއާރުސީ ގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ގުޅިގެން ސުވާލު ކުރެއްވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް