Advertisement
ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 15:23
ޖޭއެސްސީގެ މެމްބަރުންތަކެއް
ޖޭއެސްސީގެ މެމްބަރުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޑީޖޭއޭ
ޖޭއެސްސީ އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އިންތިހާބު ކުރަން ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފި
އެންމެ މަދުން ވޯޓު ލިިބިވަޑައިގެންނެވީ އަބްދުއްރައްޒާގު މުހައްމަދު އަށް
ގާޒި ހައިލަމް އަށް ލިބިވަޑައިގަތީ 37 ވޯޓު
ހޮވިވަޑައިގެންނެވީ އަލީ ޝަރީފު

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެއް އިންތިހާބު ކުރަން އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފިއެވެ.

ތިން ފަނޑިޔާރަކު ވާދަކުރެއްވި އިންތިހާބު ކާމިޔާބު ކުރައްވާ ޖޭއެސްސީގެ މެމްބަރަކަށް ހޮވިވަޑައިގެންނެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާދު އަލީ ޝަރީފުއެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ 127 ވޯޓެވެ. އިންތިހާބުގައި ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އަށް ލިބިވަޑައިގެންނެވީ 37 ވޯޓެވެ. އެންމެ މަދުން ވޯޓު ލިިބިވަޑައިގެންނެވީ އަބްދުއްރައްޒާގު މުހައްމަދު އަށެވެ. އޭނާ އަށް ލިބުނީ އެންމެ ވޯޓެކެވެ. ދަށު ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރަކު އިންތިހާބު ކުރަން ފުުރުސަތު ހުޅުވާލީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާދު މުހައްމަދު އީސާ ފުޅުގެ މަގާމު މުއްދަތު ހަމަވުމާއި ގުޅިގެންނެވެ.

Advertisement

ޖޭއެސްސީއަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މިއަހަރު ހަމަވާތީ އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ހާލިދު ގާސިމާއި ޒުބައިރު އަހްމަދު މަނިކާއި މިރުފަތު ފާއިޒެވެ.

ޖޭއެސްސީ އަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް