Advertisement
ކ. މާލެ
|
9 މާރޗް 2017 | ބުރާސްފަތި 15:09
ދިވެހިރާއްޖޭގެ ޤައުމީ ދިދަ
ދިވެހިރާއްޖޭގެ ޤައުމީ ދިދަ
ރާއްޖެއެމްވީ
ދިދަ ބޭނުންކުރާނެ އުސޫލު
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
އާންމު ތަންތަނުގައި ދިވެހި ދިދަ ނެގޭނީ ހޯމް މިނިސްޓްރީގެ ހުއްްދަ ލިބިގެން

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ޤައުމީ ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލު ބުދަ ދުވަހު އާންމުކޮށްފިއެވެ.

ހޯމް އެފެއާޒުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމުކޮށްފައިވާ މި އުސޫލުގެ މަޤްޞަދަކީ، ޤައުމީދިދައިގެ ޝަރަފާއި ޢިއްޒަތް ހިފެހެއްޓޭ ފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ބަހައްޓަންވީ ގޮތާއި، އަދި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރުމެވެ.

މި އުސޫލުގައި ޤައުމީ ދިދައިގެ ކުލަތަކާއި ސިފަ އަދި ދިދައިގެ މިންތައް ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ހުންނަންވާނެ ތަންތަނާއި، ވަކި ވަގުތެއްގައި ދިދަ ނަގާފައި ހުންނަން ވާނެ ތަންތަން ވެސް ބަޔާންކޮށްފައި ވެއެވެ.

މި އުސޫލުގައި ވާގޮތުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގެ އެހެން ދިދައަކާއެކު ޤައުމީ ދިދަ ބޭނުންކުރާ ނަމަ، ޤައުމީ ދިދަ ނަގާފައި ހުންނަންވާނީ އެ ދިދައެއްގެ ކަނާތްފަރާތުގައި އެހެން ދިދަ ތަކަށް ވުރެ އުސްކޮށް ކަމަށް ބަޔާންކޮށްފައި ވެއެވެ.

ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކާއި އެހެނިހެން ކުންފުނި ފަދަ ތަންތަން ފިޔަވައި އާންމު އެހެން ތަނެއްގައި ޤައުމީ ދިދަ ނަގާ ނަމަ ނަގަންވާނީ ހޯމް މިނިސްޓްރީ އިން ލިޔުމަކުން ހުއްދަ ހޯދައިގެން ކަމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 މާރޗް 2017 | ބުރާސްފަތި 14:16
އެމް.އޭ.ކަރީމް
އާމްތަންތަނަށް ދިވެހިން ނިކުންނަންވެސް އަދި ހުއްދަ ހޯދަން ޖެހޭހިސާބަށްދާނެ.ބާއާވަތަށްފަހު ދިވެހި ބާއީ ފުލުހުންވަނީ ދިވެހި ދިދައިގެ ކަަރާމަތް ވެއްޔާމޮޑެލާފަ.