Advertisement
ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 11:33
މާލޭގައި ޓެކްސީ ކުރާ ކާރުތަކެއް
މާލޭގައި ޓެކްސީ ކުރާ ކާރުތަކެއް
މުހައްމަދު ޝަރުހާން
ޓެކްސީގެ ޚިދުމަތް
ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުގައި ޓެކްސީ ކުރާނަމަ ހުއްދަ ބާތިލް ކުރަނީ
ބޮޑު އަގުގައި ޓެކްސީ ކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ
އެއްއަހަރު ދުވަހުގެ ތެރޭގައި 3 ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ ލައިސެންސް ބާތިލް ކުރާނެ

ޓްރާންސްޕޯޓް އޮތޯރިޓީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި، ޓެކްސީކޮށްގެން ވަކި އަދަދަކަށް ވުރެ ގިނައިން ޖޫރިމަނާ ކޮށްފައިވާނަމަ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލްކުރާނެ ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ޓެކްސީ ދުއްވާ ފަރާތްތަކުން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގުގައި ޓެކްސީ ކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

ޖުލައި 31 އިއުލާނުން ހަމަޖައްސާފައިވާ އަގާއި ޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު"ގެ 48 ވަނަ މާއްދާގެ (ކ) ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އަދި 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ މި މާއްދާގެ ދަށުން އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލްކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.

Advertisement

ޓްރާންސްޕޯޓް އޮތޯރިޓީން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރަކަށް 25 ރުފިޔާ ކަނޑައަޅާފައިވާއިރު، މާލެއާއި ހުޅުމާލެއިން ހުޅުލެއަށް ކަނޑައަޅާފައިވަނީ ދަތުރެއް 60 ރުފިޔާއަށެވެ. އަދި މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެއަށް ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ.

އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ކަނޑައަޅާފައިވާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭނެ ކަމަށް ބުނެ، ކަނޑައަޅާފައިވާ އަގުތަކުގައި ޓެކްސީ ހިދުމަތް ނުދޭނެ ކަމަށް ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް