Advertisement
ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 09:39
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
މަޖިލިސް
މަޖިިލިސް 2019
ރޯގާގެ ސަބަބުން މިނިސްޓަރ އިމްރާން އަށް މަޖިލީހަށް ހާޒިރުވެވަޑައެއްނުގެންނެވުނު
މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ސުވާލުކުރައްވަން ހުށަހަޅުއްވާފައިވަނީ ފެބްރުއަރީ ހަތެއްގެ ހާދިސާ ތަކުރާރް ވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން
ފަހުގެ ތާރީޚެއްގެ ޖަލްސާއަށް މިނިސްޓަރ ހާޒިރުކުރުމުގެ މައްސަލަ އެޖެންޑާކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައި

ހައްޖު ރޯގާގެ ސަބަބުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް މަޖިލިސް ހާޒިރުވެވަޑައިގެންނެވެން ނެތްކަމަށް އަންގަވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. މެމްބަރު ޖާބިރު މިނިސްޓަރާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ 7 ފެބްރުއަރީގައި ފުލުހުންގެ އިދާރާގައި ހިނގައިދިޔަ ކަންތައް އަލުން ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯ އާއި ގުޅިގެން ސުވާލު ކުރުމަށެވެ.

Advertisement

ހޯމަ ދުވަހު ޖަލްސާއަށް މިނިސްޓަރ އެކަމާއި ގުޅޭގޮތުން ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލީސް ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ ވަނީ ހައްޖު ރޯގާގެ ސަބަބުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާން އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީ އެއް ފޮނުއްވާފައިކަމަށެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ސިޓީ މަޖިލީހަށް އިއްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، އެހެންކަމުން އެ މައްސަލަ ފަހުގެ ތާރީޚެއްގެ ޖަލްސާއަކަށް އަނެއްކާވެސް އެޖެންޑާކުރައްވާނެ ކަމަށެވެ.

މިނިސްޓަރ އިމްރާން ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ބައިވެރިވެ ވަޑައިގަތުމަށްފަހު، އެނބުރި މާލެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް