Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 17:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަކީލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަކީލް
ރައީސް އޮފީސް
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
އައްޔަން ކުރައްވާފައިވަނީ، ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް
އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގަ
އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމް ފުރުއްވި

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ، ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި މަގާމަށް އައްޔަން ކުރެވިފައިވާ އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގައެވެ. އަދި އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަޤާމުތަކާއި ޔޫއެންޑީޕީގެ އެކި މަޤާމުތައް އޭނާ ފުރުއްވާފައި ވެއެވެ.

މީގެ އިތުރުން، އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓްވެސް ހާސިލްކުރައްވާފައެވެ.

Advertisement

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް އިބްރާހީމް ޝަކީލް ޢައްޔަން ކުރެއްވުމުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވާ، ރައީސް ސޯލިހުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.

މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އިބްރާހީމް ޝަކީލްއަށް ރައީސް ސޯލިހު ވަނީ ޙަވާލުކުރައްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް