Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 16:59
ރައީސް ސޯލިހު އާއި ރައީސް މައުމޫނު
ރައީސް ސޯލިހު އާއި ރައީސް މައުމޫނު
ޓްވިޓަރ
ރައީސް މައުމޫނު
ރައީސް މައުމޫނު ރައީސް ސޯލިހާ ބައްދަލުކުރައްވައިފި
ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި
އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް އީސީ އަށް ވަނީ ހުށައަޅާފައި
ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ބޭއްވި އެ ބައްދަލުކުރެއްވުމަށް ފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އުފައްދަވަން އުޅުއްވާ މޯލްޑިވިއަން ރިފޯމް މޫވްމެންޓް ( އެމްއާރްގެ ) ރަޖިސްޓްރީ ކުރުމަށް ފަހުވެސް އެ ޕާޓީގެ ތާއީދު ސަރުކާރަށް އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު އަށް ދެއްވާފައިވާ ކަމަށެވެ.

ކޯލިޝަން ސަރުކާރުގެ ލީޑަރުން ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދާ އެމްއާރްއެމް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމްތައް ބުރާސްފަތި ދުވަހު ވަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށައަޅާފައެވެ.

Advertisement

އެމްއާރްއެމް އުފެއްދުމަށްޓަކައި ޖުމުލަ 3313 ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށާއި، އެކަމުގައި ޕާޓީއަށް ތާއީދުކުރައްވާ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި ބައިވެރިވުން ހިމެނޭ ކަމަށް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވަނީ ވިދާޅުވެފައެވެ. އެމްއާރްއެމް އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ އިސްލާހަށް ކަމަށާއި، އަބަދުވެސް މަސައްކަތް ކުރާނީ ޕާޓީތަކާއި ގުޅިގެން ޤައުމަށް ރަނގަޅު ގޮތް ހޯދައިދެއްވުމަށްޓަކައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް